ކ. މާލެ
|
6 ނޮވެންބަރ 2021 | ހޮނިހިރު 23:26
ޗައިނާގެ ސިއްހީ ޚިދުމަތްތެރިއަކު ހޮސްޕިޓަލުގައި ހަކަރާތްތެރިވަނީ
ޗައިނާގެ ސިއްހީ ޚިދުމަތްތެރިއަކު ހޮސްޕިޓަލުގައި ހަކަރާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19، ޗައިނާގެ ހާލަތު
ޗައިނާގެ އާބާދީގެ %75 މީހުން ވެކްސިން ފުރިހަމަކޮށްފި
އެގައުމުގެ 37.97 މިލިއަން މީހުންނަށް މިހާތަނަށް އައިއިރު ބޫސްޓަރ ޝޮޓް ދީފައިވޭ

ޗައިނާއިން އެގައުމުގެ 1.072 ބިލިއަން މީހުންނަށް ވެކްސިންގެ ދެ ޑޯޒް ދީފައިވާކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފިއެވެ.

ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހާ ހަމައަށް އެގައުމުގެ އާބާދީގެ 75.96 އިންސައްތަ މީހުން މިވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އެގައުމުގެ 37.97 މިލިއަން މީހުންނަށް މިހާތަނަށް އައިއިރު ބޫސްޓަރ ޝޮޓް ދީފައިވާކަމަށް ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ. ޗައިނާގެ އާބާދީއަކީ 1.4 ބިލިއަނެވެ.

ޗައިނާއިން ވަނީ މިހާތަނަށް އައިއިރު 2.1 ބިލިއަން ޑޯޒް ދީފައެވެ. ޗައިނާއިން ކޮވިޑް-19ށް ތައްޔާރުކުރި މައިގަނޑު ދެ ވެކްސިނަކީ ސިނޯވެކް ވެކްސިނާއި ސިނޮފަރމް ވެކްސިނެވެ. މިދެވެންސިނަކީ ވެސް އުމުރުން 3 އަހަރުން މަތީގެ ކުދިންނަށް ޖެހޭގޮތަށް ހުއްދަ ދީފައިވާ ދެ ވެކްސިނެވެ.

ޗައިނާގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދީފައިވާއިރު ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ ބޯޑަރު ސަރަހައްދުގައި ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

- ކޮމެންޓް