Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
6 ނޮވެންބަރ 2021 | ހޮނިހިރު 12:55
ކުޅުދުއްފުށީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ތައާރަފްކުރުން
ކުޅުދުއްފުށީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ތައާރަފްކުރުން
މޯލްޑިވްސް ޕޮލިސް ސާރވިސް
ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް
ކުޅުދުއްފުށި ސީޓީގައި، ސިޓީއެއްގެ ދަރަޖައަށް ފުލުހުންގެ ޚިދުމަތް ފުޅާކޮށްދެއްވުމަށް މޭޔަރު އެދިވަޑައިގެންފި
ކުޅުދުއްފުށި ސިޓީގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފެށިގެން ދިޔަކަމީ ރަށުގެ ރައްޔިތުން އުފާކުރާކަމެއް
މި ޚިދުމަތް ފެށިގެން ދިއުމަކީ ކުށް މަދު ވެއްޓެއް ދެމެހެއްޓުމަށް ލިބުނު އިތުރު ކުރިއެރުމެއް

ކުޅުދުއްފުށި ސިޓީގައި، ސިޓީއެއްގެ ދަރަޖައަށް ފުލުހުންގެ ޚިދުމަތް ފުޅާކޮށްދެއްވުމަށް ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރުގެ އަރިހުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެދިވަޑައިގެންފިއެވެ.

މޭޔަރު މިކަމަށް އެދިވަޑައިގަތީ އަވަށްޓެރި ފުލުހުންގެ ޚިދުމަތް ކުޅުދުއްފުށީގައި ފެށުމަށް ހުކުރުދުވަހުގެރޭ ޖަލާލުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިކަމާގުޅޭގޮތުން މޭޔަރު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުގައި ފުލުހުންގެ ޕޯސްޓްތަކެއް ހުންނަކަމަށާއި، އެދަރަޖައަށް ކުޅުދުއްފުށި ސިޓީން މި ޚިދުމަތް ލިބޭނެގޮތް ހައްދަވައި ދެއްވުމަށް އެދޭކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިއަދު ކުޅުދުއްފުށި ސިޓީގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފެށިގެންދާކަމީ މުޅި ސިޓީގެ ރައްޔިތުން އުފާކުރާކަމެއް ކަމަށެވެ. އަދި މި ޚިދުމަތާއެކު ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ ސިޓީގައި އަމާން ވެއްޓެއް ގާއިމުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ގަބޫލްކުރައްވާކަމަށެވެ.

Advertisement

އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފެށުމާއެކު ކުށުގެ ވެށި ކުޑަކޮށް ކުށަށް އަރައިގަންނަ ފަރާތްތައް ކުށަށް އަރައިގަތުމުގެ ކުރިން އެކަންކަމަށް ފުލުހުންނަށް އެޓެންޑްކުރެވި ރަށުގައި ކުށްކުރާ މިންވަރު މަދުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަކީ ބޮޑެތި އާބާދީތަކަށް ބަލާއިރު މިހާރުވެސް ކުށްމަދު ރަށެއްކަން ފާހަގަ ކުރައްވަމުން މޭޔަރު ވިދާޅުވީ މަޑުމަޑުން ކުށުގެ ރޭންކް ބަދަލުވަމުން އަންނަކަން ފާހަގަވާ ކަމަށާއި އޭގެކުރިން މި ޚިދުމަތް ފެށިގެންދާކަމީ އަނެއްކާވެސް އަމާން ވެއްޓެއްގެ ގޮތުގައި ބޭއްވުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށެވެ.

ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ތައާރަފުކުރުން - މޯލްޑިވްސް ޕޮލިސް ސާރވިސް

ކުޅުދުއްފުއްޓަކީ ގިނަބަޔަކު އެކި ބޭނުންތަކަށް ޒިއާރަތް ކުރާ ރަށެއްކަން ފާހަގަ ކުރައްވަމުން މޭޔަރު ވިދާޅުވީ ހަމައެކަނި ސިއްހީ ޚިދުމަތް ހޯދުމަށްވެސް ވޭތުވެދިޔަ އަހަރު 1 ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި ކަމަށާއި އަދި އާންމު ބޭނުންތަކާއި އެހެނިހެން ބޭނުންތަކަށް އަންނަ ފަރާތްތައް އޭގެ ތެރޭގައި ހިމަނައިފިނަމަ 2 ލައްކައަށްވުރެ ގިނަވާނެކަމަށެވެ. އެހެންކަމުން އެފަރާތްތަކުގެ ރައްކާތެރިކަން ޔަގީންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މޭޔަރު ވިދާޅުވި އެވެ. މި ޚިދުމަތުގެ ސަބަބުން މިކަމަށް މަގުފަހިވެގެން ދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ފުލުހުންގެ އިސްވެރިންނާއި ކުޅުދުއްފުށީގެ އެކި މުއައްސަސާތަކުގެ އިސްވެރިން އަދި އާންމު ރައްޔިތުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް