ކ. މާލެ
|
5 ނޮވެންބަރ 2021 | ހުކުރު 21:51
މުނޫ މަހާވަރު - އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު
މުނޫ މަހާވަރު - އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު
އިންޑިއާ އިން މޯލްޑިވްސް
އިންޑިއާގެ އައު ސަފީރު
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މުނޫ މަހާވަރު މަގާމާ ހަވާލުވެވަޑައިގެންފި
މަހާވަރް އެންމެ ފަހުން ހުންނެވީ އޮމާނުގައި ހުންނަވާ އިންޑިއާގެ ސަފީރުގެ ގޮތުގައި
ރައީސްގެ އަރިހަށް ޒިޔާރަތްކުރައްވައި މަގާމުގެ ލިޔުމާ ހަވާލުވުމަކީ ލިބުނު ބޮޑު ޝަރަފެއް

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މުނޫ މަހާވަރު މަގާމާ ހަވާލުވެވަޑައިގެންފިއެވެ.

މަހާވަރަށް ސަފީރުކަމުގެ ލިޔުން ދެއްވީ ރާޝްތްރަޕަތީ ބަވަންގައި މިކަމަށްޓަކައި އޮތް ރަސްމިއްޔާތެއްގައި އެ ގައުމުގެ ރައީސް ރާމް ނާތު ކޯވިންދެވެ. މަގާމާ ހަވާލުވެވަޑައިގެން މަހާވަރް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސްގެ އަރިހުން މަގާމުގެ ލިޔުމާ ހަވާލުވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި އެމަނިކުފާނުގެ ލަފަޔާއި އިރުޝާދުތަކަށް ޝުކުރުވެރިވާ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް އާ ސަފީރަކު ހަމަޖެއްސެވީ ކުރިން އެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރު ދާދި ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ އިންޑިއާ ސަފީރަކަށް ހަމަޖެއްސުމާ ގުޅިގެންނެވެ. ސުދީރު މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މާޗު މަހުގައެވެ.

މަހާވަރް އެންމެ ފަހުން ހުންނެވީ އޮމާނުގައި ހުންނަވާ އިންޑިއާގެ ސަފީރުގެ ގޮތުގައެވެ.


Advertisement
- ކޮމެންޓް