ކ. މާލެ
|
5 ނޮވެންބަރ 2021 | ހުކުރު 14:47
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ބަޖެޓް 2022
ބަޖެޓް 2022: ށ. އަތޮޅަށް ގިނަ މަޝްރޫޢުތަކެއް
 
ށ. އަތޮޅުގެ ކޮންމެ ރަށެއްގައި ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމްއެއް
 
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް

2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ށ. އަތޮޅުގެ 14 ރަށުގައި އަލަށް 39 މަޝްރޫޢުއެއް ހިންގަން ވަނީ ހިމަނާފައެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރައްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ށ. އަތޮޅުގެ 14 ރަށުގައި އަންނަ އަހަރު އަލަށް ފެށުމަށް ހިމަނާފައިވާ މަޝްރޫޢުތަކަށް ބަލައިލާއިރު، އެ މަޝްރޫޢުތަކަކީ؛

ށ. ކަނޑިތީމު

ކަނޑިތީމުގއި އަލަށް ހިމެނިފައިވާ މަޝްރޫޢުތަކުގެ ތެރޭގައިި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމާއި، ޕޮލިސް ސްޓޭޝަން ގާއިމުކުރުމާއިި، އަދި އަލަށް ފަށާ ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ކަނޑިތީމަށް އިތުރަށް ހިމަނާފައި ވަނީ ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 5 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި 10،331،393 ރުފިޔާ ހިމަނާފައިވެއެވެ.

ށ. ގޮއިދޫ

ގޮއިދޫގައި އަލަށް ހިމެނިފައިވާ މަޝްރޫޢުތަކުގެ ތެރޭގައިި ޒޯން 1 ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާއި، ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްކުރުން ހިމެނެއެވެ. އަދި މީގެއިތުރަށް ގޮއިދޫއަށް އިތުރަށް ހިމަނާފައި ވަނީ ޕްރީޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 3 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި 11،926،144 ރުފިޔާ ހިމަނާފައިވެއެވެ.

ށ. ނޫމަރާ

ނޫމަރާގައި އަލަށްފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްކުރުމާއި، ނޫމަރާ ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމްކުރުން ހިމެނެއެވެ. މީގެއިތުރަށް ނޫމަރާއަށް އިތުރަށް ހިމަނާފައި ވަނީ ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، އަދި މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 3 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި 4،553،397 ރުފިޔާ ހިމަނާފައިވެއެވެ.

ށ. ފުނަދޫ

ފުނަދޫގައި އަލަށްފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްކުރުމާއި، ހޮސްޕިޓަލްގެ އައު އިމާރާތް ގާއިމްކުރުން ހިމެނެއެވެ. މީގެއިތުރަށް ފުނަދޫއަށް އިތުރަށް ހިމަނާފައިވަނީ ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 4 މަޝްރޫޢުއަކާއި، އެވޯޑް ކުރެވިފައިވާ 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި 11،521،831 ރުފިޔާ ހިމަނާފައިވެއެވެ.

ށ. ބިލެއްފަހި

ބިލެއްފަހީގައި އަލަށްފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްކުރުން ހިމެނެއެވެ. މީގެއިތުރަށް ބިލެއްފައްސަށް އިތުރަށް ހިމަނާފައި ވަނީ ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، އަދި މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 4 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި 6،536،292 ރުފިޔާ ހިމަނާފައިވެއެވެ.

ށ. ފޭދޫ

ފޭދޫގައި އަލަށްފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ސިއްހީ މަރުކަޒު އެކްޓެންޝަން އިމާރާތް ހެދުމާއި، ފޭދޫ ސްކޫލް ލައިބްރަރީ އަދި ސައިންސް ލެބް އިމާރާތްކުރުމާއި، މޫދަށް އެރޭ ސަރަހައްދެއް ހެދުމާއި އަދި ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްކުރުން ހިމެނެއެވެ. މީގެއިތުރަށް ފޭދޫއަށް އިތުރަށް ހިމަނާފައިވަނީ ޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 5 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި 3،397،502 ރުފިޔާ ހިމަނާފައިވެއެވެ.

ށ. ފީވައް

ފީވަކުގައި އަލަށްފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ސިއްހީމަރުކަޒު އެކްސްޓެންޝަން އިމާރާތް ހެދުމާއި، ފީވަކުގައި މޫދަށް އެރޭ ސަރަހައްދެއް ގާއިމްކުރުމާއި، އަދި ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްކުރުން ހިމެނެއެވެ. މީގެއިތުރަށް ފީވަކަށް އިތުރަށް ހިމަނާފައިވަނީ ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 6 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި 10،345،408 ރުފިޔާ ހިމަނާފައިވެއެވެ.

ށ. ފޯކައިދޫ

ފޯކައިދޫގައި އަލަށްފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ސިއްހީ މަރުކަޒު އެކްސްޓެންޝަން އިމާރާތް ހެދުމާއި، ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމްއެއް ގާއިމްކުރުމާއި، އަދި ފޯކައިދޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުން ހިމެނެއެވެ. މީގެއިތުރަށް ފޯކައިދޫއަށް އިތުރަށް ހިމަނާފައިވަނީ ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، އަދި މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 8 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ވަނީ ބަޖެޓްގައި 10،799،786 ރުފިޔާ ހިމަނާފައިއެވެ.

ށ. މިލަންދޫ

މިލަންދޫގައި އަލަށްފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމާއި، ޕޮލިސް ސްޓޭޝަން ގާއިމުކުރުމާއި، ޒޯން 1 ކުނިމެނޭޖް ކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާއި، ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްްކުރުން ހިމެނެއެވެ. މީގެއިތުރަށް މިލަންދޫއަށް އިތުރަށް ހިމަނާފައިވަނީ ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 6 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި 20،522،006 ރުފިޔާ ހިމަނާފައިވެއެވެ.

ށ. ނަރުދޫ

ނަރުދޫގައި އަލަށްފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި، ނަރުދޫ ކުޑަކުދިންގެ ޕާކު ތަރައްގީކުރުމާއި، ސިއްހީމަރުކަޒުތަކުގައި ޕޯޓިކޯއާއި ގަރާޖުހެދުމާއި، އަދި ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމްއެއް ގާއިމްކުރުން ހިމެނެއެވެ. މީގެއިތުރަށް ނަރުދޫއަށް އިތުރަށް ހިމަނާފައިވަނީ ޕްރީޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 4 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ވަނީ ބަޖެޓްގައި 12،186،118 ރުފިޔާ ހިމަނާފައިވެއެވެ.

ށ. މަރޮށި

މަރޮށިގައި އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި، މަރޮށި ސްކޫލް ސައިންސްލެބް އިމާރާތް ކުރުމާއި، ޒޯން 1 ކުނިމެނޭޖް ކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާއި، އަދި ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމްއެއް ގާއިމް ކުރުން ހިމެނެއެވެ. މީގެއިތުރަށް މަރޮއްޓަށް އިތުރަށް ހިމަނާފައިވަނީ މިހާރު ވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 4 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި 7،438،744 ރުފިޔާ ހިމަނާފައިވެއެވެ.

ށ. މާއުނގޫދޫ

މާއުނގޫދޫގައި އަލަށްފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމްކުރުން ހިމެނެއެވެ. މީގެއިތުރަށް މާއުނގޫދޫއަށް އިތުރަށް ހިމަނާފައިވަނީ ޕްރީޓެންޑަރިން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 4 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި ވަނީ 11،321،018 ރުފިޔާ ހިމަނާފައެވެ.

ށ. ކޮމަންޑޫ

ކޮމަންޑޫގައި އަލަށްފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ސްކޫލް އަޕްގްރޭޑް ކުރުމައި، ކޮމަންޑޫ ޕޮލިސް ސްޓޭޝަން ޤާއިމުކުރުމާއި، އަދި ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމްއެއް ގާއިމްކުރުން ހިމެނެއެވެ. މީގެއިތުރަށް ކޮމަންޑޫއަށް އިތުރަށް ހިމަނާފައި ވަނީ ރިޓެންޝަން މަރުހަލާގައިވާ މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 3 މަޝްރޫޢުއަކާއި، އަދި މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 4 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި 7،546،952 ރުފިޔާ ހިމަނާފައިވެއެވެ.

ށ. ޅައިމަގު

ޅައިމަގުގައި އަލަށްފަށާ މަޝްރޫޢުތަކުގެ ތެރޭގައިި ސިއްހީ މަރުކަޒުގެ އެކްޓެންޝަން އިމާރާތް ހެދުމާއި، ޅައިމަގު އައުޓްޑޯ ޖިމް ގާއިމުކުރުމާއި، އަދި ހައިސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމްއެއް ގާއިމްކުރުން ހިމެނެއެވެ. މީގެއިތުރަށް ޅައިމަގަށް އިތުރަށް ހިމަނާފައި ވަނީ ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، އަދި މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި ހިމެނޭ 4 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓްގައި 3،858،383 ރުފިޔާ ހިމަނާފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ބަޖެޓް ފާސްކުރާނީ ބަޖެޓް ކޮމެޓީގެ ރިޕޯޓް ތަޅުމަށް ފޮނުފައި، ބަޖެޓް ކޮމެޓީން ގެންނަ ބަދަލުތަކާއެކު ތަޅުމުގައި ވޯޓަށް އަހައިގެންނެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް