އައްޑޫ ސިޓީ
|
4 ނޮވެންބަރ 2021 | ބުރާސްފަތި 23:33
ރާއްޖެ އެމްވީ ކުއްލި ޚަބަރު
ރާއްޖެ އެމްވީ ކުއްލި ޚަބަރު
އައްޑޫ އެކްސިޑެންޓް
އައްޑޫގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވިމީހާ ނިޔާވެއްޖެ
 
ނިޔާވީ ސ.ހިތަދޫ ހުއިޒުންމާގޭ ޙަސަން ޢަލީ

މިއަދު އައްޑޫސިޓީ ލިންކްރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހާލު ސީރިއަސްވެގެން ފަރުވާ ދެމުން ދިޔަމީހާ ނިޔާވެއްޖެއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

އެހޮސްޕިޓަލުން ބުނީ މިއަދު ފަތިހު 5.45ގައި އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެނައި މީހަކު ފަރުވާ ދެމުން ދަނިކޮށް މިރޭ ނިޔާވެފައިވާކަމަށެވެ. ނިޔާވެފައިވަނީ ސ.ހިތަދޫ ހުއިޒުންމާގޭ, އުމުރުން 59 އަހަރުގެ ޙަސަން ޢަލީއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ޙަސަން ޢަލީ ހިތަދޫ އިން މަރަދޫއަށް ދިޔަ މަގުމަތީގައި ހަންކެޑެ ބްރިޖާ ހިސާބުން, އެސަރަހައްދުން ހިނގާފައިދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެންނެވެ. ހިނގާފައިދިޔަ މީހާއަށްވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
11%
67%
11%
0%
11%
ކޮމެންޓް