Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
4 ނޮވެންބަރ 2021 | ބުރާސްފަތި 15:45
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ޕީސީއާރު ޓެސްޓް ހަދާދޭ އަގުހެޔޮކޮށްފައި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ޕީސީއާރު ޓެސްޓް ހަދާދޭ އަގުހެޔޮކޮށްފައި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ޕީސީއާރު ޓެސްޓް ހަދާ އަގަށް ބަދަލުގެ ނައުން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދައިދޭ އަގު ހެޔޮކޮށްފި
ޕީސީއާރު ޓެސްޓްގެ އަގު 1050 ރުފިޔާއިން 750 ރުފިޔާއަށްވަނީ ކުޑަކޮށްފައި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދައިދޭ އަގު ހެޔޮކޮށްފިއެވެ.

އެ ހޮސްޕިޓަލުން މައުލޫމާތުދިން ގޮތުގައި ކުރިން ޕީސީއާރު ޓެސްޓް ހަދައިދެމުންގެންދިޔައީ 1050 ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް ޕީސީއާރުގެ ޚިދުމަތްދޭ ހުރިހާ ތަނެއްގައި ވެސް އެއް އުސޫލެއް ހަމަޖެއްސުމަށްޓަކައި ހެލްތް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީން ކުރެވުނު މަސައްކަތުގައި ޕީސީއާރު ޓެސްޓްގެ އަގު 750 ރުފިޔާއަށް ބަދަލުކުރަން ނިންމައި، އެގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

Advertisement

އެގޮތުން 16 އޮކްޓޫބަރު 2021 ގެ 18:00ން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޕީސީއާރު ޓެސްޓް ހަދަމުން ގެންދާނީ 750 ރުފިޔާއަށް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ޕީސީއާރު ޓެސްޓް ހެދުމަށް ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލުގެ ކައުންޓަރަށް ފައިސާ ދެއްކުމުން ދޭ މެމޯ އާއި އައިޑީ ކާޑު ހިފައިގެން އުފަންހިޔާއަށް ވަޑައިގަތުމުން ޓެސްޓް ހެދޭނެކަމަށް ކޭއާރުއެޗުން ބުނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ގިނަބަޔަކު ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލަކަށް ވާއިރު ގިނަ ޚިދުމަތްތަކެއް ވެސް އެހޮސްޕިޓަލުން ދަނީ ފޯރުކޮށްދެމުންނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް