ކ. މާލެ
|
3 ނޮވެންބަރ 2021 | ބުދަ 22:07
އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ދުވުމުގެ ތެރެއިން
އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ދުވުމުގެ ތެރެއިން
އެމްއެންޑީއެފް
ނަސްރުގެ ދުވަސް
އެމްއެންޑީއެފުން ނަސްރުގެ ޚާއްސަ ދުވުން ކުރިއަށް ގެންގޮސްފި
ނަސްރުގެ ދުވުން ފަށާފައިވަނީ ނޮވެމްބަރ 3 ވަނަ ދުވަހުގެ ހަވީރު 4:15ގައި ކަޅުތުއްކަލާ ކޮށިން
މި ދުވުމުގައި ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނަސްރުގެ ޚާއްސަ ދުވުން ކުރިއަށް ގެންގޮސްފިއެވެ.

ނަސްރުގެ ދުވުން ފަށާފައިވަނީ ނޮވެންބަރ 3 ވަނަ ދުވަހުގެ ހަވީރު 4:15ގައި ކަޅުތުއްކަލާ ކޮށިންނެވެ. މި ދުވުމުގައި ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މިދުވުން ކުރިއަށް ގެންގޮސްފައިވަނީ ބޮޑުތަކުރުފާނު މަގުން ދަރުބާރުގެއާ ހިސާބަށް ގޮސް, އަނބުރާލާފައި އައިސް ކަޅުތުއްކަލާ ކޮއްޓަށެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އެމްއެންޑީއެފުން ދިދަ މައުންޓްކުރުމުގެ ރަސްމިއްޔާތު ވެސް ބުދަ ދުވަހުގެ ހެނދުނު ބާއްވާފައިވެއެވެ.

ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިންގެ ބަޔަކު މާލެއަށް ހަތިޔާރާއެކު އަރައި، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ.

ނޮވެމްބަރ 3، ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ވަނަ އަހަރު ދިވެހިންގެ ބަޔަކު ތަމަޅަ ޓައިގަރުންގެ ބަޔަކާއެކު ރާއްޖެ އަރައި ދިން އުދުވާނީ ހަމަލާއިން ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރުމުގެ ގޮތުންނެވެ.

ނަސްރުގެ ދުވަހުގެ ގޮތުގައި ނޮވެމްބަރު 3 ފާހަގަކުރާއިރު، އެ ހަނދާންތައް އާކުރަން ޖެހެއެވެ.


Advertisement
- ކޮމެންޓް