Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
3 ނޮވެންބަރ 2021 | ބުދަ 19:06
ކުޅުދުއްފުށި ސިޓީގައި ބޭއްވި ނަސްރުގެ ދުވަހުގެ ހިނގާލުން
ކުޅުދުއްފުށި ސިޓީގައި ބޭއްވި ނަސްރުގެ ދުވަހުގެ ހިނގާލުން
އުއްމު ކުލްސޫމް އިބްރާހިމް
ނަސްރުގެ ދުވަހުގެ ހިނގާލުން
ކުޅުދުއްފުށި ސިޓީގައި ބޭއްވި، ނަސްރުގެ ދުވަހުގެ ޚާއްސަ ހިނގާލުމަށް ބޮޑު ތަރުހީބެއް
މިހިނގާލުމުގައި ކުޅުދުއްފުށީގެ ކެޑޭޓް އަދި ބޭންޑްގެ އިސް ދަރިވަރުން ބައިވެރިވި

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ހިނގާލުމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

Advertisement

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަފީފުއްދީން ސްކޫލް ގުޅިގެން, މިއަހަރުގެ ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމައި، ދުވަހާ ގުޅޭގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެންމެ ފަހު ހަރަކާތަކަށް އޮތީ މިއަދު ހަވީރު ކުޅުދުއްފުށީ އަމީނީމަގުގައި ބޭއްވި ހިނގާލުމެވެ. މިހިނގާލުމަކީ ރަށުގެ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި، ނަސްރުގެ ދުވަހުގެ ހިނގާލުން - އުއްމު ކުލްސޫމް އިބްރާހިމް

ކުޅުދުއްފުށީ ސިޓީ ކައުންސިލް ކުރިމަތިން މިހިނގާލުން ފެށުމުގެ ކުރިން ކުޑަ ރަސްމިއްޔާތެއްވަނީ ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން, ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު ވިދާޅުވީ; ނޮވެމްބަރ 3 ގައި ލިބުނު ނަސްރަކީ ރައްޔިތުންގެ އެއްބައިވަންތަކަމާއި ކެރިގެން ހިތްވަރާއެކު މަސައްކަތް ކުރުން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. އަދި މިއަދު މިދުވަސް ފާހަގަކުރުމަށް އެންމެން އެއްވެތިބި ތިބުމަކީ މިކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި ނަސްރުގެ ދުވަހުގެ ހިނގާލުން - އުއްމު ކުލްސޫމް އިބްރާހިމް

މިއަދުގެ ހިނގާލުމުގައި ކުޅުދުއްފުށީގެ ކެޑޭޓް އަދި ބޭންޑްގެ އިސްދަރިވަރުންނާއި އަފީފުއްދީން ސްކޫލްގެ ސީނިއަރ ކެޑޭޓުން ބައިވެރިވިއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ދެދާއިރާގެ މަޖިލިސް މެންބަރުންނާއި، ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި ކައުންސިލް މެންބަރުން ބައިވެރިވިއެވެ. އަދި ސަރުކާރު މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުއައްޒަފުންނާއި ސްކޫލްކުދިންގެ އިތުރުން އާންމުންގެ ގިނަބަޔަކު މިހިނގާލުމުގައި ބައިވެރިވިއެވެ.

މިހިނގާލުން ބަލާލުމަށް ގިނަ އަދަދެއްގެ އާންމުންވަނީ އެއްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް