Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
3 ނޮވެންބަރ 2021 | ބުދަ 15:41
ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
އުއްމު ކުލްސޫމް އިބްރާހިމް
ނަޞްރުގެ ދުވަހު ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ
ކުޅުދުއްފުށި ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަދާނީ ބިނާއެއް ޤާއިމްކުރާނަން: މޭޔަރ މުހައްމަދު އާތިފް
އެދުވަހު ހުސައިން އާދަމްއަށް ވެސް ސިފައިންގެ ތެރެއަށް ވަންނަން ފުރުޞަތު ލިބުނުނަމަވެސް ޚިޔާރުކުރެއްވީ ޤައުމު ދިފާއުކުރުން

ކުޅުދުއްފުށި ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހެދުމުގެ ވިސްނުން ސިޓީ ކައުންސިލުން އެބަ ގެންގުޅޭކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިހެން ވިދާޅުވީ ނަޞްރުގެ ދުވަހާ ގުޅިގެން ބުދަ ދުވަހު އަފީފުއްދީން ސްކޫލާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އާތިފް ވިދާޅުވީ ރަށަށް ނިސްބަތްވާ މިފަދަ އަބްތޯލުންގެ ޒިކުރާ އާލާވާނެފަދަ ބިނާތަކެއް ރަށުގައި ފެންނަން ހުރުމަކީ މުހިއްމު ކަމެއް ކަމަށާއި، އެގޮތުން މި ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހެދުމަށް ކައުންސިލުން ވިސްނުން ގެންގުޅުއްވާކަމަށެވެ.

Advertisement

މީގެ އިތުރުން މޭޔަރު ވިދާޅުވީ މިއަދު ހުސައިން އާދަމްގެ މަތިވެރި ޖިހާދު އަޅުގަނޑުމެން ފާހަގަނުކޮށް ދެން ވަކި ފާހަގަކުރާނެ އެހެން ބަޔަކު ނުތިބޭނެކަމަށާއި، އަޅުގަނޑުމެންނަށްވުރެ ވަކި ބޮޑަށް ހުސައިން އާދަމްއަށް ފަޚުރުވެރިވާ އެހެން ބަޔަކު ނުތިބޭނެކަމަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ރަށަށް ނިސްބަތްވާ މިފަދަ ފަޚުރުވެރި އަބްތޯލުންގެ ޒިކުރާ އަބަދުވެސް އާލާވާނެފަދަ ބިނާތަކެއް ރަށުން ފެންނަން ހުންނަން ޖެހޭކަމަށެވެ.

ނަޞްރުގެ ދުވަހާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އާތިފް އިތުރަށް ވިދާޅުވީ 3 ނޮވެންބަރުގެ އުދުވާނީ ހަމަލާގައި ސިފައިންގެއަށް ވަންނަ މަސައްކަތްކުރި ދުޝްމަނުން އެތަނަށް ވަނަ ނުދީ ހިފެހެއްޓެވީ ކުޅުދުއްފުށީ މާވާގެ ޝަހީދު ހުސައިން އާދަމްގެ ޖިހާދުންކަމަށެވެ. އެދުވަހު ހުސައިން އާދަމްއަށް ވެސް ސިފައިންގޭގެ އެތެރެއަށް ވަނުމުގެ ފުރުސަތު ލިބުނުކަމަށާއި އެތެރެއަށް ވަނުމަށް ސިފައިންގެން ވެރިން ގޮވަމުން ދިޔަނަމަވެސް ހުސައިން އާދަމް އެ ދުވަހު ޚިޔާރުކުރެއްވީ ޤައުމުގެ ދިފާޢުގައި ހަނގުރާމަ ކުރެއްވުންކަމަށެވެ.

އެގޮތުން މިފަދަ ދުވަހެއްގައި އަޒުމަކަށް ވާންޖެހޭނީ ޝަހީދު ހުސައިން އާދަމް ފަދަ ދިވެހި ރާއްޖެއަށާއި އިސްލާމް ދީނަށް ވަފާތެރި ދަރިއަކަށްވުން ކަމަށާއި ޝަހީދު ހުސައިން އާދަމް ދެއްކެވި މިސާލުން ގައުމައިގެން ކުރިއަށް ދިއުމަށް ކަމަރު ބަނދެލުންކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް