ކ. މާލެ
|
3 ނޮވެންބަރ 2021 | ބުދަ 14:23
ނަޞްރުގެ ދުވުން
ނަޞްރުގެ ދުވުން
އެމްއެންޑީއެފް
ނަޞްރުގެ ދުވަސް
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނަޞްރުގެ ދުވުމެއް ބާއްވަން ނިންމައިފި
ނަޞްރުގެ ދުވުން ފެށުމަށް ހަވީރު 04:15ގައި ކަޅުތުއްކަލާ ކޮށިން

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނަޞްރުގެ ދުވުމެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، ނަޞްރުގެ ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެންބަރ 3 ވަނަ ދުވަހުގެ ހަވީރު 04:15ގައި ކަޅުތުއްކަލާ ކޮށިންނެވެ.

މި ދުވުމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި ދުވުން ކުރިޔަށް ދާނީ، ބޮޑުތަކުރުފާނު މަގުން ދަރުބާރުގެ ހިސާބަށް ގޮސް އަނބުރާލާފައި އައިސް ކަޅުތުއްކަލާ ކޮށްޓަށެވެ.

ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިންގެ ބަޔަކު މާލެއަށް ހަތިޔާރާއެކު އަރައި، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ.

ނޮވެމްބަރ 3، ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ވަނަ އަހަރު ދިވެހިންގެ ބަޔަކު ތަމަޅަ ޓައިގަރުންގެ ބަޔަކާއެކު ރާއްޖެ އަރައި ދިން ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ލިބުނު ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ.

ނަސްރުގެ ދުވަހުގެ ގޮތުގައި ނޮވެމްބަރު 3 ފާހަގަކުރާއިރު، އެ ހަނދާންތައް އާކުރަން ޖެހެއެވެ.


Advertisement
- ކޮމެންޓް