Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
2 ނޮވެންބަރ 2021 | އަންގާރަ 17:28
ނަޞްރުގެ ދުވަހުގެ ތަމްސީލް މުބާރާތުގެ ތެރެއިން
ނަޞްރުގެ ދުވަހުގެ ތަމްސީލް މުބާރާތުގެ ތެރެއިން
ކުޅުދުއްފުށި ސިޓީ ކައުންސިލް
ނަޞްރުގެ ދުވަހުގެ ތަމްސީލް މުބާރާތް
ނަޞްރުގެ ދުވަހުގެ ތަމްސީލް މުބާރާތުގެ އެއްވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒަށް
މިމުބާރާތުގެ ތަމްސީލްތައް ޚާއްސަކޮށްފައިވަނީ ޝަހީދު ޙުސައިން އާދަމްގެ ދިރިއުޅުއްވުމުގެ މައްޗަށް

ނަޞްރުގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގެ ސްކޫލުތަކަށް ހުޅުވާލި ތަމްސީލް މުބާރާތުން އެއްވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދައިފި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޢަފީފުއްދީން ސްކޫލުގެ ގުޅިގެން މިއަހަރުގެ ނަޞްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، އެ ދުވަހާ ގުޅުވައިގެން ބޭއްވި ތަމްސީލް މުބާރާތް އޮތީ ހޯމަދުވަހުގެ ރޭ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ.

ކުޅުދުއްފުށީގެ ތިން ސްކޫލުން ބައިވެރިވެ، ސްކޫލަކުން ތަމްސީލެއް ހުށަހެޅި މި މުބާރާތުގައި ތަމްސީލްތައް ޚާއްސަކޮށްފައިވަނީ ނަޞްރުގެ ދުވަހުގެ ބަޠަލު ޝަހީދު ޙުސައިން އާދަމްގެ ހަޔާތްފުޅާއި އަދި އެ ދުވަހުގެ ހާދިސާއާގުޅުވައިގެންނެވެ.

Advertisement

މި މުބާރާތުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒު އެއްވަނަ ހޯދީ 263 މާކްސް ހޯދައިގެންނެވެ. 257 މާކްސް ހޯދައިގެން ޖަލާލުއްދީން ސްކޫލް ދެވަނަ ހޯދިއިރު ތިންވަނަ ލިބިފައިވަނީ ޢަފީފުއްދީން ސްކޫލަށެވެ. އެ ސްކޫލަށް ލިބިފައިވަނީ 242 މާކްސް އެވެ.

މި މުބާރާތުގެ މަގުސަދަކީ ނަޞްރުގެ ދުވަހުގެ ޚާއްސަކަމާއި ދުވަހުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދީ, ގައުމިއްޔަތުގެ ރޫޙު ދަރިވަރުންގެ ހިތްތަކުގައި ދިރުވައި އާލާކުރުންކަމަށް ސިޓީ ކައުންސިލް މައުލޫމާތުދެއެވެ.

މިމުބާރާތުން އެއްވަނައަށް ދިޔަ ތަމްސީލް, ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޖަލްސާގައި ކުޅުމަށްވަނީ ހަމަޖެހިފައިކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނަސްރުގެ ދުވަހު މެންދުރު 1 ޖަހާއިރު ޢަފީފުއްދީން ސްކޫލްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް