ކ. މާލެ
|
2 ނޮވެންބަރ 2021 | އަންގާރަ 14:18
ތިމާވެއްޓަށް ކުރާ އަސަރު ކުޅިވަރަށްވެސް ކުރޭ
ތިމާވެއްޓަށް ކުރާ އަސަރު ކުޅިވަރަށްވެސް ކުރޭ
ރާއްޖެއެމްވީ
ކޮޕް26، ކުޅިވަރުގެ ބައިވެރިވުން
ކޮޕް26 - ކުޅިވަރަށް މިސަމިޓް މުހިންމު ވަނީ ކީއްވެ؟
 
ކުޅިވަރަކީ ދުނިޔެއަށް ދިމާވެފައިވާ އެކިކަންކަމުގައި އާންމުންނާ ހިސާބަށް މެސެޖުތައް ރައްދުކޮށްދޭ ކަމެއް
 
މޫސުމީ ބަދަލުތަކާ ގުޅިގެން ކުޅިވަރުގެ ބައެއް ހަރަކާތްތައް ހުއްޓިފައިވޭ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ގައުމުތަކަށް ކުރިމަތިވާ ކަންކަމާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުން ކުރާ މަސައްކަތާއި ގުޅޭގޮތުން ބޭއްވޭ އެންމެ ބޮޑު ކޮންފަރެންސަކީ ކޮޕް އެވެ. މިދިޔަ މަހުގެ 31 އިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މި ކޮންފަރެންސް ބާއްވާނީ އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑްގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ގްލާސްގޯ ގައެވެ. މުޅި ދުނިޔޭގެ ލޯ މިވަގުތު ކޮޕަށް ހުއްޓިފައިވާއިރު، މި ކޮންފަރެންސް އަކީ ކުޅިވަރަށްވެސް މުހިންމު ކޮންފަރެންސަކަށް ވަނީ ވެފައެވެ.

މޫސުމީ ބަދަލުތަކުން ކުޅިވަރަށް ގެއްލުން ވޭތަ؟

ފާއިތުވެދިޔަ އަހަރުތަކަށް ބަލާއިރު، ދުނިޔެ ހޫނުވުމާއި، މޫސުން ގޯސްވުމުގެ ސަބަބުން ކުޅިވަރުތައް ބާއްވަން ކަނޑައަޅާ ދުވަސްތައް ބަދަލުކުރަން ވަނީ ޖެހިފައެވެ. މިއީ ކުޅިވަރަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލުންވަމުން އަންނަ ކަމުގެ އެއް ހެއްކެވެ. އެގޮތުން 2014 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އައުޓް ޑޯ މެޗުތައް ސަސްޕެންޑް ކުރަން ޖެހުނީ ހޫނު ގަދަވުމުގެ ސަބަބުންނެވެ.

އޭގެ ފަހުން 2014 ވަނަ އަހަރު ސޯޗީގައި ބޭއްވުން ވިންޓާ އޮލިމްޕިކްސް މުބާރާތަކީ ވެސް ފާހަގަ ކޮށްލެވޭ މުބާރާތެކެވެ. މުބާރާތް ފެށެން ކުޑަތަންވިއިރުވެސް އެހެން އަހަރުތަކާއި ޚިލާފަށް އެގައުމަށް ސްނޯ ނުފޭބުމާއި ގުޅިގެން އެ މުބާރާތުގައި ބޭނުން ކުރަން ޖެހުނީ "އާޓިފިޝަލް ސްނޯ" އެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު ބޭއްވުނު ރަގްބީ ވޯލްޑް ކަޕްގެ އިންގްލޭންޑާއި ފްރާންސް ބައްދަލުކުރި މެޗު ކެންސަލް ކުރަން ޖެހުނީ ތޫފާންގެ ސަބަބުންނެވެ.

އަދި މޫސުމީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި 2050 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު ލީގު ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ އިނގިރޭސި ޕްރިމިއާ ލީގު ކުޅެމުން އަންނަ ދަނޑުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ވިނަގަނޑު ހަލާކުވެދާނެ ކަމުގެ ބިރު އޮތެވެ.

ދުނިޔޭގެ މެޓް އޮފީހުގެ ޑރ. ފައި ފަންގ ބީބީސީ ސްޕޯޓްސްއަށް ވިދާޅުވީ، ތިމާވެއްޓަށް ވާ ކޮންމެ ގެއްލުމަކާއެކު ކުޅިވަރަށް ގެއްލުންވާނެ ކަމީ ޝައްކެއް ނެތް ކަމެއް ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ 10 އަހަރު ތެރޭގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކިތައް މުބާރާތް ފަސްކުރަން ނުވަތަ ކެންސަލް ކުރަން ޖެހުނުތޯ ސުވާލު ކުރެއްވިއެވެ.

ތިމާވެއްޓާއި ކުޅިވަރާ އޮތީ ގުޅި ލާމެހިފައި!

ކުޅިވަރަކީ މަލްޓި ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް މިހާރުވަނީ ވެފައެވެ. މީގެ އިތުރުން ކުޅިވަރަކީ ދުނިޔެއަށް ދިމާވެފައިވާ އެކިކަންކަމުގައި އާންމުންނާ ހިސާބަށް މެސެޖުތައް ރައްދުކޮށްދޭ ކަމެއްގެ ގޮތުގައިވެސް ބައެއް މީހުން ދެކެއެވެ. އެގޮތުން ނަސްލީ ތަފާތު ކުރުމާއި، ދެކޮޅަށް ކުރަމުން ގެންދާ ކެމްޕެއިންގެ އެންމެ ބޮޑު ހިއްސާ ދާރަކީ ކުޅިވަރެވެ.

އދ. އިން ކުޅިވަރ ސިފަ ކުރަނީ މިގޮތަށެވެ. އދ. އިން ވަނީ ދާދި ފަހުން ކުޅިވަރުގެ ޒަރިއްޔާއިން މޫސުމީ ބަދަލުތަކަށް އިޖާބީ ބަދަލުތަކެއް ގެނުވިދާނެ ކަމަށް ބުނެފައެވެ. އެގޮތުން ކުޅިވަރުގެ މައި ޖަމިއްޔާތަކުން ކްލައިމެޓް އެކްޝަން ފްރޭމް ވޯކުގައި ސޮއި ކުރުމަށް އދ. އިން ވަނީ ގޮވާލައިފައެވެ.

އދ ގެ ފްރޭމްވޯކުގައި ހިމެނޭ މުހިންމު ފަސް ނުކުތާ:

1. ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުން

2. ކްލަބްތަކުން ތިމާވެއްޓާއި ރަހުމަތްތެރި ކަންކަމަށް ކެމްޕެއިން ކުރުން

3. ތިމާވެށީގެ މައްސަލަތައް އާންމުންގެ ސަމާލުކަމަށް ގެނައުން

4. ޖާޒީ ހެދުމުގައި ތިމާވެއްޓާއި ގުޅޭނެ ގޮތްތައް ހޯދައި އެހެން ޖާޒީ ހެދުން

5. މަޝްވަރާ ކޮށްގެން މޫސުމަށް އަންނަ ބަދަލުތައް ހައްލު ކުރުމަށް ފިޔަވަޅު އެޅުން

ގްލާސްގޯގައި ބުދަ ދުވަސް ކުޅިވަރަށް ބޮޑު ދުވަހެއް

ގްލާސްގޯގައި ބުދަ ދުވަސް ކުޅިވަރަށް އެތައް ގޮތަކުން ހާއްސައެވެ. އެގޮތުން ބުދަ ދުވަސް ޚާއްސަވެފައިވަނީ ކުޅިވަރާއި ތިމާވެށީގެ ޕެނަލް ޑިސްކަޝަންތަކަށެވެ. އެގޮތުން މި ޕެނަލް ޑިސްކަޝަންގައި އޮލިމްޕިކް ކުޅިވަރުތަކުގެ މައި ޖަމިއްޔާ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ އާއި ކުޅިވަރު އެސޯސިއޭޝަންތަކާއި އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕެނަލްއަަށްފަހު ކުޅިވަރުން ތިމާވެއްޓަށް ކޮށްދެވޭނެ ކަންކަމާއި މެދު ގޮތެއް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި