ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 18:27
ޓޮމް ކްރޫޒް
ޓޮމް ކްރޫޒް
ގޫގުލް
ޓޮޕް ގަން
ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ
ދެވަނަ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގައި

އެކްޝަން ޑްރާމާ "ޓޮޕް  ގަން" ގެ ދެވަނަ ފިލްމު ކުޅެން ނިންމާފައިވާ ކަމަށް  ޓޮމްކްރޫޒް  ބުނެފިއެވެ.

އޮސްޓްރޭލިއާގެ މޯނިން ޝޯއެއް ކަމަށްވާ "ސަން ޝަން" ގެ ޝޯގެ ހޮސްޓް ޓޮމްކުރޫޒު ކައިރިން "ޓޮޕް ގަން"ގެ ދެވަނަ ފިލްމުގައި އޭނާ ފެންނާނެކަމުގެ އަޑުތައް ފެތުރުފައިވާ ކަމަށާއި އެއީ ތެދެއްތޯ އެހުމުން އޭނާ ޖަވާބު ދީފައިވަނީ އެއީ ތެދެއް ކަމަށެވެ. އަދި އެފިލްމުގެ ޝޫޓިން މިއަންނަ އަހަރު ފަށާނެ ކަމަށް އެޝޯގައި ޓޮމް ކުރޫޒް ވަނީ ބުނެފައެވެ.

ޓޮމް ކުރޫޒްގެ "ޓޮޕް ގަން" ގެ ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 350 މިލިއަން ޑޮލަރު ލިބިފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި  "ޓޮޕް ގަން" ގެ ދެ ވަނަ ފިލްމެއް، ހެދުމުގެ ނިންމާފައިވާކަން ޕްރޮޑިއުސަރު ޖެރީ ބްރަކް ހެއިމާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެ ފިލްމުގައި ޓޮމް ކުރޫޒް ފެނިގެންދާނެކަމަށް އޭނާ ބުނެފައެއް ނުވެއެވެ. އަދި އެ ފިލްމުގައި އެކްޓަރަކަށް މީހަކު ހަމަ ޖެއްސިކަމެއްވެސް ނުބުނެއެވެ. "ޓޮޕް ގަން" ގެ ފުރަތަމަ ފިލްމު ނެރެފައިވަނީ މީގެ 30 އަހަރު ކުރިން 1986 ވަނަ އަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް