ކ. މާލެ
|
31 އޮކްޓޯބަރ 2021 | އާދީއްތަ 22:05
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ
ރާއްޖެއެމްވީ
ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތައް
ކުރިއަށް އޮތް އަހަރުގެ ތެރޭގައި މޮނިޓަރިންގ އެންޑް އިވެލުއޭޝަންގެ ނިޒާމް ހަރުދަނާ ކުރާނެ: ޖެންޑާ މިނިސްޓްރީ
ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ
ލާމަރުކަޒީ އުސޫލުން އިޖްތިމާއީ ޚިދުމަތް ދިނުން ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމަށް މަގުފަހިކުރާނެ
ޕާޓްނަރ އަދި ޑޯނަރ އޭޖެންސީތަކަށް ޕްރޮޕޯސަލް ހުށަހަޅައި، މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތްކުރާނެ

ކުރިއަށް އޮތް އަހަރުގެ ތެރޭގައި މޮނިޓަރިންގ އެންޑް އިވަލުއޭޝަން ނިޒާމް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ޖެންޑަރ މިނިސްޓްރީން ބުނީ; މިނިސްޓްރީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މޮނިޓަރިންގ އެންޑް އިވެލުއޭޝަން ނިޒާމް ހަރުދަނާ ކުރުމަށް ޚާއްސަ އިސްކަމެއްދީގެން ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެކަން ހާސިލް ކުރެވިގެންދާނެ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ލާމަރުކަޒީ އުސޫލުން އިޖްތިމާއީ ޚިދުމަތް ދިނުން ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް މަގުފަހިކުރާނެ ކަމަށެވެ. އެގޮތުން ޕާޓްނަރ އަދި ޑޯނަރ އޭޖެންސީތަކަށް ޕްރޮޕޯސަލް ހުށަހަޅައި މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތްކުރާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޖެންޑަރ އީކުއަލިޓީ ގާނޫގެ ދަށުން ތަންފީޒުކުރަން ފަށާ "ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން"ގެ ދަށުން އެ ޕްލޭންގައި ހިމެނޭ ހަރަކާތްތަށް ލާމަރުކަޒީ ގޮތެއްގައި އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި, ކަމާ ބެހޭ އިދާރާތަކާއެކު މަޝްވަރާކޮށްގެން ކުރިއަށް ގެންދާ ކަމަށެވެ. މިކަމުގައި ޚާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިވެރިވުން ހިމެނޭކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ވަނީ އަންނަ އަހަރަށް ގިނަ މަސައްކަތްތައް ކުރުމަށް ޕްލޭންތައް އެކުލަވާލާފައެވެ.

- ކޮމެންޓް