ކ. މާލެ
|
29 އޮކްޓޯބަރ 2021 | ހުކުރު 21:58
އެއަރ އިންޑިއާގެ މަތިންދާ ބޯޓެއް
އެއަރ އިންޑިއާގެ މަތިންދާ ބޯޓެއް
ޓްރެވަލް ޓްރޭޑް ޖަރނަލް
އިންޑިއާގެ ބޯޑަރ
ކޮމަރޝަލް ފްލައިޓްތަކަށް އިންޑިއާގެ ބޯޑަރު ހުޅުވާލާ ތާރީޚް އަނެއްކާވެސް ފަސްކޮށްފި
ފަތުރުވެރިންނަށް އިންޑިއާ ހުޅުވާލީ މި މަހުގެ ތެރޭގައި
ކޮމަރޝަލް ދަތުރުތައް ކުރުން ވަނީ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހާ ހަމައަށް މަޑު ޖައްސާލަން ނިންމާފައި

ކޮމާރޝަލް ފްލައިޓްތަކަށް އިންޑިއާގެ ބޯޑަރު ހުޅުވާލާ ތާރީޚް އަނެއްކާވެސް ފަސްކޮށްފިއެވެ.

އެގައުމުގެ ސިވިލް އޭވިޝަނުން ނެރެފައިވާ ސަރކިއުލަރގައި ބުނެފައިވަނީ، ޝެޑިއުލް ކޮށްގެންކުރާ ކޮމަރޝަލް ދަތުރުތައް ކުރުން ނޮވެމްބަރު މަހުގެ 30ވަނަ ދުވަހާ ހަމައަށް މަޑު ޖައްސާލަން ނިންމާފައިވާ ކަމަށެވެ. މިއީ ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. އެހެންނަަމަވެސް ކާރގޯ ފްލއިޓްތަކަށް ބޯޑަރު ހުޅުވާލާފައިވާ ކަމަށާއި، ކަނޑައެޅިފައިވާ ވަކި ގައުމުތަކަކުން އަންނަ ކޮމާރޝަލް ފްލައިޓްތަކަށްވެސް ބޯޑަރު ހުޅުވާލާފައިވާ ކަމަށް އެ ސަރކިއުލަރގައި ބުނެފައިވެއެވެ.

އިންޑީއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި ގިނަ ދުވަސްތަކަކަށް އޮތުމަށްފަހު, ޚާއްސަ ގައުމުތަކަކަށް އިންޑިއާގެ ބޯޑަރު މިހާރުވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތަކަށް ބޯޑަރު ހުޅުވާލުމަށް އެގައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފަތުރުވެރިންނަށް އިންޑިއާ ހުޅުވާލީ މި މަހުގެ ތެރޭގައެވެ. އެއީ ޗާޓަރ ފްލައިތްތަކަށް އެކަންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް