ކ. މާލެ
|
28 އޮކްޓޯބަރ 2021 | ބުރާސްފަތި 22:52
ސަބްވޭރިއެންޓް އުފެދިފައިވަނީ ކޮވިޑް ބަލި ފަތުރާ އޮރިޖިނަލް ވައިރަހަށް ތަފާތު ތިން ބަދަލެއް އައިސްގެން
ސަބްވޭރިއެންޓް އުފެދިފައިވަނީ ކޮވިޑް ބަލި ފަތުރާ އޮރިޖިނަލް ވައިރަހަށް ތަފާތު ތިން ބަދަލެއް އައިސްގެން
ކޮވިޑް 19
ކޮވިޑް ޑެލްޓާ ވޭރިއެންޓުން އުފެދިގެން އުޅޭ ސަބްވޭރިއެންޓެއް މޮނިޓަރކުރަނީ
ބަލީގައި މަރުވާ ކޭސްތަކުގެ 58 ޕަސެންޓަކީ ފިރިހެނުން
ސަބްވޭރިއަންޓްގެ 93 ޕަސެންޓު ކޭސް ފެނިފައިވަނީ އިނގިރޭސިވިލާތުން

ކޮވިޑް ޑެލްޓާ ވޭރިއެންޓުން އުފެދިގެން އުޅޭ ސަބްވޭރިއެންޓެއް މޮނިޓަރކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

ސަބްވޭރިއެންޓް މޮނިޓަރކުރުމުގެ މަގުސަދަކީ، އޭގެ އޮރިނިޖަލް ވޭރިއެންޓަށް ވުރެ ހަލުވިކޮށް ބަލި ފެތުރޭތޯ ބެލުމާއި, ސަބްވޭރިއެންޓް ޖެހުމުން އިންސާނުންގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ގޮތް ދެނެގަތުމެވެ. އޭ.ވައި-2.4ގެ ނަން ދީފައިވާ ސަބްވޭރިއެންޓް މިހާތަނަށް 42 ގައުމަކުންވަނީ ފެނިފައެވެ. ޑަބްލިއުއެޗްއޯއިން ބުނީ އެ ސަބްވޭރިއެންޓް ފެތުރެން ފެށީ މިދިޔަ ޖުލައި މަހުން ފެށިގެން ކަމަށެވެ.

ސަބްވޭރިއެންޓް އުފެދިފައިވަނީ ކޮވިޑް ބަލި ފަތުރާ އޮރިޖިނަލް ވައިރަހަށް ތަފާތު ތިން ބަދަލެއް އައިސްގެނެވެ. ސަބްވޭރިއަންޓްގެ 93 ޕަސެންޓު ކޭސް ފެނިފައިވަނީ އިނގިރޭސިވިލާތުންނެވެ. ޑަބްލިއުއެޗްއޯއިން ބުނީ މިދިޔަ ޖުލައި މަހުން ފެށިގެން ޔޫރަޕާއި ހުޅަނގު ޕެސިފިކް ސަރަހައްދުގައި އުމުރުން 25 އަހަރުން ދަށުގެ މީހުންގެ މެދުގައި ބަލި ފެތުރުން އިތުވެފައިވާކަމަށެވެ. ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ، އުމުރުން ދުވަސްވީ މީހުން ވެކްސިން ފުރިހަމަކޮށްފައިވުމާއި ޒުވާން އުމުރުގެ މީހުން ގިނައިން ބޭރަށް ނުކުމެ އުޅުމެވެ. އަލުން ސްކޫލުތައް ހުޅުވައި، ޒުވާނުންނާއި ކުދިން އެއް ތަނަކުން ބައްދަލުވާން ފެށުމަކީ ވެސް އެ އުމުރުގެ މީހުންގެ މެދުގައި ކޭސްތައް އިތުރުވާން ދިމާވާ ސަބަބެއްކަމަށްވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މިހާތަނަށް ރިކޯޑުކޮށްފައިވާ ކޮވިޑްގެ 123 މިލިއަން ކޭސްގެ ތެރެއިން 51 ޕަސެންޓަކީ އަންހެނުންގެ ފަރާތުން ފެނިފައިވާ ކޭސްތައް ކަމަށެވެ. ނަމަވެސް ބަލީގައި މަރުވާ ކޭސްތަކުގެ 58 ޕަސެންޓަކީ ފިރިހެނުންނެވެ.

ދުނިޔޭގެ އާބާދީގެ 47 ޕަސެންޓަށް މިހާރު ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

- ކޮމެންޓް