ކ. މާލެ
|
28 އޮކްޓޯބަރ 2021 | ބުރާސްފަތި 21:07
ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި ގޮތް އެކުއްޖާ ވަނީ ކިޔައިދީފައި
ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި ގޮތް އެކުއްޖާ ވަނީ ކިޔައިދީފައި
ގޫގުލް
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި، އެކުއްޖާގެ ބޮޑުބޭބެ 20 އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން ހުކުމް ކޮށްފި
ކްރިމިނަލް ކޯޓުން މި މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައިވަނީ 1 އޮކްޓޫބަރ 2019ގައި
މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހޭދަކޮށްފައިވާ 4 އަހަރާއި 2 މަހާއި 4 ދުވަސް، ހުކުމުން އުނި ކުރުމަށް ވަނީ ކަނޑައަޅާފައި
ކުޑަކުއްޖާ ކިޔައިދިން ކިޔައިދިނުމާއި ހުށަހެޅުނު އެހެނިހެން ހެކިތައް ގުޅުން ހުރި

ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި، އެކުއްޖާގެ ބޮޑުބޭބެ 20 އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މާލެ/ ދަފްތަރު ނަންބަރު ދރ 1816 ޙަސަން ރަޝީދުގެ މައްޗަށެވެ. އާއިލާގެ މެމްބަރަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައިގައި ޙަސަން ރަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ 11 އޮކްޓޫބަރ 2015ގައެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައިވަނީ 1 އޮކްޓޫބަރ 2019ގައެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ނިންމި ނިންމުން ބިނާކުރި މައިގަނޑު އަސާސަކީ, ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ ހެކި އެ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް (05 ހެކި) ލިބިފައިނުވާކަމަށް ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް, ޕީޖީން ހައިި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ، 29 ޖޫން 2020ގައެވެ. ހައި ކޯޓުން މި މައްސަލަ ބެއްލެވި ގާޒީންގެ ބެންޗުންވަނީ، މި މައްސަލައިގެ ހުށަހެޅިފައިވާ ހެކިތަކަށް ބަލައި، އެ ހެކިތައް ވަޒަންކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް, ޙަސަން ރަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 15ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ, އެ މާއްދާގެ (ށ)ގެ ދަށުން ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

މި މައްސަލައިގައި ކުޑަ ކުއްޖާ ކިޔައިދިން ކިޔައިދިނުމާ ހުށަހެޅުނު އެހެނިހެން ހެކިތަކާ ގުޅުން ހުރި ކަމަށާއި، ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ބަލާއިރު ކުއްޖާގެ ބަހަކީ ތެދުކަމަށް ޤަބޫލުކުރެވޭ ކަމަށް ހައި ކޯޓުންވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކޮށް, ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޙަސަން ރަޝީދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 15ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޙަސަން ރަޝީދު 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

އަދި މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހޭދަކޮށްފައިވާ 4 އަހަރާއި 2 މަހާއި 4 ދުވަސް އުނިކޮށް, ހުކުމް ތަންފީޒުކުރަން ޖެހޭ މުއްދަތަކީ 15 އަހަރާއި 9 މަހާއި 26 ދުވަސް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އަދި ފަނޑިޔާރު މުޙައްމަދު ފައިޞަލްއެވެ.


Advertisement
- ކޮމެންޓް