ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 14:23
ސެލީނާ އާއި އޭނާގެ އާއިލާ
ސެލީނާ އާއި އޭނާގެ އާއިލާ
ގޫގުލް
ސެލީނާ ޖެއިޓްލީ
ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން
ސެލީނާ ވިހަނީ މިއަހަރުގެ އޮކްޓޯބަރުގައި
އޭނާއަކީ 2001 ވަނަ އަހަރުގެ މިސް އިންޑިއާ

ބޮލީވޫޑްގެ އެކްޓްރެސް އަދި ރީތީގެ ރާނީ ސެލީނާ ޖެއިޓްލީ އިނނީ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ ކަމަށް އޭނާ ބުނެފިއެވެ.

ސެލީނާއަށް މީގެ ކުރިން ވެސް ލިބިފައިވަނީ އެއްމާބަނޑު ދެކުދިންނެވެ.  ސެލީނާ،35، ވިހާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ސެލީނާއަށް މީގެ ފަސް އަހަރު ކުރިން ލިބިފައި ވަނީ އެއްމާބަނޑު ދެ ފިރިހެން ކުދިން ކަމަށްވާ ވިންސްޓަން އާއި ވިރާޖްއެވެ.

ސެލީނާ ބުނީ މި ފަހަރު ވެސް  ލިބެނީ އެއްމާބަނޑު ދެކުދިން ކަމަށް ޑޮކްޓަރ ބުނުމުން ލިބުނީ ސިހުމެއް ކަމަށެވެ.

"ޑޮކްޓަރ އަލްޓްރާސައުންޑް ބަލަން ހުއްޓާ ފިރިމީހާ ޕީޓާ އެހީ ލިބެނީ ޓްވިންސެއްހޭ. ޑޮކްޓަރ ބުނީ އާއެކޭ، އަހަރެމެން ދެމީހުންނަށް ލިބުނީ ކުއްލި ސިހުމެއް،" ސެލީނާ ބުނެފައި ވެއެވެ.

ސެލީނާ ބުނީ އޭނާ އާއި ޕީޓާއާ ދެމީހުންނަށް މިއީ ލިބުނު ބޮޑު ނިއުމަތެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެދެމީހުން ތިބީ ވަރަށް އުފަލުން ކަމަށެވެ. ދުބާއީގައި ހޮޓަލެއް ހިންގަމުންދާ ޕީޓާ އާއި 2011 ވަނަ އަހަރު ކައިވެނިކުރުމަށް ފަހު ސެލީނާ ވަނީ ދިރިއުޅުން ދުބާއީ އަށް ބަދަލުކޮށްފަ އެވެ.

 ސެލީނާ ބުނީ މަންމައަކަށް ވުމުން އޭނާގެ އަމިއްލަ ނަފްސަށް އެހީތެރިވާންވީ ކިހިނެއްކަން ދަސްވާ ކަމަށެވެ. ސެލީނާއަކީ 2001 ވަނަ އަހަރުގެ މިސް އިންޑިއާ އެވެ. އަދި އޭނާ ވަނީ 2001 ވަނަ އަހަރު މިސްޔުނިވާސްގެ ރަނަރަޕުގެ 4 ވަނައިގައި ހިމެނިފައެވެ.

ސެލީނާ އެންމެ ފުރަތަމަ ފެނުނީ 2005 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ސިލްސިލޭ"އިންނެވެ. އަދި އެއަށް ފަހު ހަމަ އެއަހަރު ނިކުތް "ނޯއެންޓްރީ"ގައި ވެސް ސެލީނާވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ސެލީނާ ކުޅެފައިވާ ފިލްމުތަކަކީ 2006 ވަނަ އަހަރު ނިކުތް "ޓޮމް، ޑިކް އެންޑް ހެރީ" އަދި 2008 ވަނަ އަހަރު ނިކުތް "ގޯލްމާލް ރިޓާންސް" އެވެ.

- ކޮމެންޓް