ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 08:02
ދިރާގުގެ އާ ލޯގޯ
ދިރާގުގެ އާ ލޯގޯ
ޓްވިޓަރ
ދިރާގު
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
ދިރާގުގެ ލޯގޯ އާއި ކުލަ އަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ 2005 ވަނަ އަހަރު

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުގެ ކުލަ އޮރެންޖް ކުލައަށް ބަދަލުކޮށްފިއެވެ.

 

އާޓްގެލެރީގައި ބޭއްވި ހަފްލާއެއްގައި ދިރާގުގެ ކުލަ ބަދަލުކޮށްފައިވާއިރު ލޯގޯ އަށްވެސް ވަނީ ބަދަލުކޮށްފިއެވެ.

 

އަދި ލޯގޯ ވަނީ ކުރިން ވެސް ބޭނުން ކުރަމުން އައި އަތްތިލައިގެ ލޯގޯ އަށް ބަދަލެއް ގެނެސް ސިމްޕަލް ޑީ އަކުރަށް  ބަދަލުކޮށްފައެވެ.

 

1988 ވަނަ އަހަރުން 2005 އާއި ހަމައަށް އެކުންފުނީގެ ކުލަ އެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ނޫ ކުލައެވެ. ނަމަވެސް 2005 ވަނަ އަހަރު ދިރާގުން ވަނީ އެކުންފުނީގެ ކުލަ ރަތް ކުލަ އަށް ބަދަލުކޮށް ލޯގޯ ވެސް ރީބްރޭންޑް ކޮށްފައެވެ.

 

ދިރާގުން އާ ލޯގޯ އާއި ކުލަ ބަދަލުކޮށްފައިވާއިރު "ވަޓްއިޒްނެކްސްޓް" ގެ ނަމުގައި ދަނީ ބޮޑު ކެމްޕެއިންއެއް ހިންގަމުންނެއެވެ. ވަޓްއިޒްނެކްސްޓްއެމްވީ ހޭޝްޓެގް ބޭނުންކޮށްގެން ކެމްޕޭނެއް ކުރިއަށްގެންދާއިރު އެހޭޝްޓެގް ބޭނުންކޮށްގެން ފޮޓޯއެއް ޓްވިޓާ އާއި އިންސްޓަގްރާމް އަދި ފޭސްބުކްގައި އަޕްލޯޑް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ފަހު ހޮވޭ ނަސީބުވެރިންނަށް އެންމެ ފަހުގެ އައިފޯނެއް އަދި އައިޕެޑް ޕްރޯ ނުވަތަ ސެމްސަންގް ގެލެކްސީ އެސް-8 އެއް ދޭން ވަނީ ހަމަޖައްސާފައެވެ.


 

- ކޮމެންޓް