ކ. މާލެ
|
24 އޮކްޓޯބަރ 2021 | އާދީއްތަ 06:51
ޕާކިސްތާނަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް 51.6 ބިލިއަން ޑޮލަރު ބޭނުންވޭ
ޕާކިސްތާނަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް 51.6 ބިލިއަން ޑޮލަރު ބޭނުންވޭ
އަލްޖަޒީރާ
ޕާކިސްތާން އިޤްތިޞާދީ އަނދަވަޅަކަށް
ޕާކިސްތާން އިޤްތިޞާދީ އަނދަވަޅަކަށް: އެހީގެ ގޮތުގައި 51.6 ބިލިއަން ޑޮލަރު ބޭނުންވޭ
ޕާކިސްތާނުން އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި ރަޝިޔާ
އިޤްތިޞާދު ފުނޑުފުނޑުވިޔަ ނުދިނުމަށް ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި 51.6 ބިލިއަން ޑޮލަރު ބޭނުންވޭ
އިޤްތިޞާދީ އަނދަވަޅަކަށް ދިޔަ މައިގަނޑު ސަބަބަކީ ކޮވިޑް-19 ޕެންޑަމިކް

ޕާކިސްތާނަށް ދިމާވެފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި 51.6 ބިލިއަން ޑޮލަރު އެހީގެ ގޮތުގައި ބޭނުންވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ން ބުނީ ޕާކިސްތާނަށް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް ބޭރު ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ޖުމްލަ 51.6 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި، އެހެން ނޫންނަމަ އެގައުމުގެ އިޤްތިޞާދު ފުނޑުފުނޑުވުމުގެ ބިރު އެބައޮތް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނު ސަރުކާރުން އަންނަނީ ބޭރުގެ އެހީ ހޯދުމަށާއި، ލޯނު ހޯދުމަށް އައިއެމްއެފްއާ މަޝްވަރާ ކުރަމުންނެވެ. އެގޮތުން އައިއެމްއެފްއިން ޕާކިސްތާނަށް 6 ބިލިއަން ޑޮލަރު ޝަރުތަކާ ނުލާ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ގައުމުގެ ދަރަނި ބޮޑުވެ ވޯލްޑް ބޭންކުންނާއި އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުން ޕާކިސްތާނަށް ލޯނު ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު މިހާރު ވެސް ވަނީ ދީފައެވެ. މިހެން އިންޒާރު ދީފައިވީ ނަމަވެސް އެގައުމުގެ އިޤްތިޞާދު އާރާސްތުކުރުމަށް ވޯލްޑް ބޭންކުން ޕާކިސްތާނަށް އިތުރު ލޯނެއް ދިނުމަށް ނިންމާފައިވާ ކަމަށް ރިޕޯތްތައް ބުނެއެވެ.

ޕާކިސްތާނުން އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި ރަޝިޔާ ހިމެނެއެވެ.

ރިޕޯތްތައް ބުނާ ގޮތުން ޕާކިސްތާން އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓުނު މައިގަނޑު ސަބަބަކީ ކޮވިޑް-19 ޕެންޑަމިކުގެ ތެރޭގައި އެގައުމުގެ ސަރުކާރުން އެޅި ދޯހަޅި ފިޔަވަޅުތަކެވެ.

- ކޮމެންޓް