މާލޭގެ ޕްރީސްކޫލެއްގައި ކުޑަ އަންހެންކުއްޖަކަށް ގިންސީ ގޯނާކުރި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ސަސްޕެންޑުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސްކޫލަށް ހުށަހެޅިކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބުމާ އެކު އެކަން ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
މިކަމުގެ މައުލޫމާތު ލިބުނު ހިސާބުން ފެށިގެން, އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި މައްސަލަ ބަލައި ނިމެންދެން މި މައްސަލަ ރައްދުވާ މީހާ ސަސްޕެންޑުކޮށްފައިވާ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މައްސަލަ ތަހުގީގުކުރަން ތަހުގީގީ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެމައްސަލަ ފުލުހުން ބަލަމުން އަންނަކަމަށް ވަނީ ބުނެފައެވެ. އެއީ ކުޑަކުއްޖެއްގެ މަސްލަހަތު އޮތް މައްސަލައެއްކަމަށްވާތީ އެކަމުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.