ކ. މާލެ
|
13 އޮކްޓޯބަރ 2021 | ބުދަ 14:27
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ރާއްޖެއެމްވީ
އުފަންވެނި ސިއްހަތު ސެންޓަރ
ހުޅުމާލޭ ހޮސްޕިޓަލުގެ "އުފަންވެނި ސިއްހަތު" ސެންޓަރެއް ހުޅުވައިފި
މައިން ވިހެއުމުގެތެރޭގައި މަރުވާ މަރުވުން މަދުކުރުން
އާއިލާ ރޭވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
އަންހެނުންނާއި އަންހެން ކުދިންނަށްކުރާ އަނިޔާ ހުއްޓުވުން

ހުޅުމާލޭ ހޮސްޕިޓަލުގެ 1 ވަނަ ފަންގިފިލާގައި އުފަންވެނި ސިއްހަތު ސެންޓަރެއް ރަސްމީކޮށް ހުޅުވައިފައެވެ.

މިތަން ހުޅުވާފައިވަނީ ބުދަ ދުވަހު އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ސެންޓަރުން މީގެ ކުރިން ވެސް ޚިދުމަތް ދެމުން އަންނައިރު، ރަސްމީކޮށް މިތަން ހުޅުވީ އިތުރު ޚިދުމަތްތަކާއެކުގައެވެ. މި ސެންޓަރަކީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަންސް ފަންޑް(ޔޫއެންއެފްޕީއޭ) ގެ އެހީތެރިކަމާއެކު ހުޅުވި ސެންޓަރެކެވެ.  

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުޅުމާލެ ހޮސްޕިޓަލުގެ ޗީފް އެކްޒެކެޓިވް އޮފިސަރ މާރިޔާ ސައީދް ވިދާޅުވީ، ސެންޓަރުން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާ ކުރެވި، މުވައްޒަފުންނަށް އިތުރު ތަމްރީނުގެ ފުރުސަތުތައް ވެސް ފަހިވެގެންދާނެ ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަންސް ފަންޑް(ޔޫއެންއެފްޕީއޭ) ގެ ފަރާތުން ހެޑް އޮފް ކަންޓްރީ އޮފީސް ޝާހިޔާ އިބްރާހިމް  ވިދާޅުވީ، ޔޫއެންއެފްޕީއޭގެ އަމާޒަކީ މައިން ވިހެއުމުގެތެރޭގައި މަރުވާ މަރުވުން މަދުކުރުމާއި، އާއިލާ ރޭވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އަންހެނުންނާއި އަންހެން ކުދިންނަށްކުރާ އަނިޔާ ހުއްޓުވުން ކަމަށެވެ. މި ސެންޓަރ ހުޅުވުމަކީ މި 3 އަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިންމު ފުރަތަމަ ފިޔަވަޅު ކަން ވެސް ޝާހިޔާ ވިދާޅުވެފައިވެއެވެ. ރާއްޖޭގައި މީހުން ވިހެއުމުގެ ތެރޭގައި މަރުވާ މަރުވުން ވަނީ ވަރަށް ބޮޑުތަން ވަނީ ދަށް ކުރެވިފައެވެ.  އެހެންކަމުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ޝާހިޔާ ފާހަގަކުރެއްވިއެވެ.

ހެލްތް ޕްރޮޓެކްޓަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނަރަލް، މައިމޫނާ އަބޫބަކުރު މި ހަފަލާގައި ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ، ހުޅުމާލޭގައި ބަލި އިތުރުވަމުން ދާއިރު އެކަމާ ބެހޭގޮތުން ވާހަކަދެއްކުން މަދުވެފައިވާ ކަމަށެވެ. ހުޅުމާލެ ފޭސް 2 ނިމިގެން މިހާރު މީހުން އާބާދުވާން ފަށައިފައިވާއިރު ހުޅުމާލޭގެ ހޮސްޕިޓަލުގެ އިތުރު ޚިދުމަތްތައް ފުޅާކުރުން ވަރަށް މުހިއްމު ކަމަށް ވެސް މައިމޫނާ ވަނީ ވިދާޅުވެފައެވެ. މި ސެންޓަރުން އަންހެނުންނަށް ޚާއްސަ ބަލިތަކާއި ކުޑަކުދިންނަށް ޚާއްސަ ބަލިތަކަށް ފަރުވާ ދިނުމާއި، އާއިލާ ރޭވުމުގެ ޚިދުމަތްތައް ލިބޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

- ކޮމެންޓް