ކ. މާލެ
|
10 އޮކްޓޯބަރ 2021 | އާދީއްތަ 21:43
ފަޒްނާ-ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާޙް ކޮށްދެއްވަނީ
ފަޒްނާ-ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާޙް ކޮށްދެއްވަނީ
ރައީސް އޮފީސް
ނަފްސާނީ ބަލިމަޑުކަން
ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ފަޒްނާ
ހައްލު ހޯދުމަށް ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ
އޭގެ ސްޓޭންޑަރޑް ކޮމްޕްރޮމައިޒް ނުކުރެއްވުމަށް އެދިވަޑައިގެންނެވި
ކޯޑް އޮފް އެތިކްސް ގާއިމުވެ އެއަށް އަމަލުކުރަން ފެށުން މުހިންމު

ދިވެހިރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ މީހުން އިތުރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ އާދީއްތަ ދުވަހު ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާޙް ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ, ނަފްސާނީ ޚިދުމަތްދެއްވާ ފަރާތްތަކުން އެ ޚިދުމަތްދިނުމުގައި އެތިކްސްގައި ހިފެހެއްޓެވުމަށާއި، އޭގެ ސްޓޭންޑަރޑް ކޮމްޕްރަމައިޒް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ނެޝަނަލް މެންޓަލް ހެލްތް ސްޓްރެޓިޖިކް ޕްލޭން 2016 – 2021ގައި ވާގޮތުގެ މަތީން ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑް އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަށް ގާއިމުކުރެއްވުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން ފަޒްނާ ވަނީ ކޯޑް އޮފް އެތިކްސް ގާއިމުވެ އެއަށް އަމަލުކުރަން ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

Advertisement

ރާއްޖޭގައި ވެސް ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ މީހުން އިތުރުވަމުންދާކަން ފާހަގަކުރައްވައި ފަޒްނާ ވިދާޅުވީ މިކަމަށް ހައްލު ހޯދުމަށް ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ހުރިހާ ފަރާތްތަކުން ވެސް އިޙްސާންތެރިވުމުގެ ސިފަ އަށަގެންނެވުމަށް އެކަމަނާ ބާރުއެޅުއްވެވިއެވެ. އަދި އެކަމުގެ ސަބަބުން މުޅި މުޖުތަމައަށް ލިބިގެންދާނެ ފައިދާތަކަށާއި އެކަމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

ވިލާ ކޮލެޖުން އިސްނަގައިގެން ސައިކޮލޮޖީ އެސޯސިއޭޝަނެއް އެ ކޮލެޖުގައި ގާއިމުކުރުމުން އެކަމަށް ތައުރީފު ކުރައްވައި ފަޒްނާ ވިދާޅުވީ, ކޮލެޖުގެ ސްޓްރޭޓިޖިކް ޕްރަޔަރަޓީއަކަށް ނަފްސާނީ ދުޅަހެޔޮކަން އިސްކުރުން ވަރަށް މުހިންމު ކަމަށެވެ. އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ލީޑިންގ ކޮލެޖަށް ވިލާ ކޮލެޖު ވެގެން ދިއުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން އުފެއްދެވުމުގެ މަގުސަދުތަކުގެ ތެރޭގައި ވިލާކޮލެޖުގެ މީހުންނާއި، މުޖުތަމައުގެ މީހުންނަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

- ކޮމެންޓް