ކ. މާލެ
|
23 މެއި 2017 | އަންގާރަ 18:57
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
ގޫގުލް
އެލައިޑް އިންޝުއަރަންސް
އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި
ޖުމްލަ 1 ލައްކަ ރުފިޔާއާ ހަމައަށް ބަދަލު ލިބިދެވޭނެ

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް"އިން ހައްޖު އަދި އުމްރާ ތަކާފުލް އޮންލައިން ހިދުމަތް ތައާރަފުކޮށްފިއެވެ.

 

އެލައިޑް މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހިދުމަތް ތައާރަފުކޮށްދެއްވީ އަޔާދީ ތަކާފުލްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އާއި މެނޭޖަރ ފާތިމަތު ނިޒްމާއެވެ.

 

ހައްޖު އަދި އުމްރާވެރިންނަށް ހާއްސަކޮށްގެން، އިސްލާމީ ޝަރީއަތުގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކޮށްފައިވާ މިޕްލޭންގެ ދަށުން ބައިވެރިންނަށް ދަތުރުމަތީގައި ކުރިމަތިވާ ބަލިމަޑުކަމަކުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމަށް ސިއްޙީ ފަރުވާކުރުމަށް ހިނގާ ޚަރަދުގެ އިތުރަށް، ޕާސްޕޯޓް ގެއްލިގެން ލިބޭ ގެއްލުމާއި، ފައިސާ އާއި އަގުހުރި ތަކެތި ގެއްލިގެން ލިބޭ ގެއްލުމާއި ޗެކިން ކޮށްފައި ހުންނަ ލަގެޖު ފަދަ ތަކެތި ގެއްލިގެން ނުވަތަ ޗެކިން ކުރުމަށް ފަހު އަނބުރާ ލިބުމުގައި ލަސްވެގެން ދިމާވާ ގެއްލުމާއި ބަދަލު ލިބިދެއެވެ.

 

މީގެ އިތުރުން ދިމާވާ އެކްސިޑެންޓެއްގެ ސަބަބުން ޤާނޫނީ ގޮތުން އެހެން ފަރާތަކަށް މާލީ ބަދަލުދޭން ޖެހިއްޖެ ނަމަ އެކަމަށް ހިނގާ ޚަރަދުގެ ގޮތުގައި ޖުމްލަ 1 ލައްކަ ރުފިޔާ އާއި ހަމައަށް ބަދަލު ލިބިދެވޭނެ ކަމަށް އެލައިޑުން ބުންޏެވެ. އަދި މީގެ އިތުރަށް ދަތުރުމަތީގައި ދިމާވާ އެކްސިޑެންޓެއްގެ ސަބަބުން ބައިވެރިޔަކު ނިޔާވުމުން ވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

 

މުޅިން އަލަށް ތައާރަފުކުރެވުނު ހިދުމަތާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖެނެރަލް މެނޭޖަރ ފިރުޝާން ވިދާޅުވީ، މިއީ ކަސްޓަމަރުންގެ ވަގުތު ސަލާމަތްކޮށްދިނުމުގެ މަގުސަދުގައި ތައާރަފު ކުރި ހިދުމަތެކެވެ.

 

އެގޮތުން ކަސްޓަމަރުން ހިދުމަތް ހޯދުމަށް އޮފީހަށް ވަޑައިގަތުމުގެ ބަދަލުގައި، ކަސްޓަމަރަކު ބޭނުންފުޅުވާ ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުންނަވައިގެން ވެސް އަޔާދީ ވެބްސައިޓް މެދުވެރިކޮށް ހިދުމަތް ހޯއްދެވޭނެ ކަމުގައި ފިރުޝާން ވިދާޅުވިއެވެ.

 

އިތުރަށް ވާހަކަ ދައްކަވަމުން ފިރުޝާން ފާހަގަކުރެއްވި ގޮތުގައި މިހާރު އަޔާދީ ކަސްޓަމަރުންނަށް އުރީދޫ އަދި ބީ.އެމް.އެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާ ޕޭ މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެއެވެ.

- ކޮމެންޓް