Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2021 | ބުރާސްފަތި 07:38
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ރައީސް ސާލިހު ގައުމީ އިނާމު ދެއްވަނިކޮށް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ރައީސް ސާލިހު ގައުމީ އިނާމު ދެއްވަނިކޮށް
ރައީސް އޮފީސް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ
ގައުމީ އިނާމު 4 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް ދެއްވައިފި
ރައީސް ސާލިހު ވަނީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފައި
ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމު

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 04 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ، 1443 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބުދަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

Advertisement

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 4 ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކަށް މި އިނާމު ދެއްވީ އެބޭފުޅުންގެ ހަނދާނަށެވެ.

ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

1. ކީރިތި ގުރުއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރުއާނުގެ އިލްމުގެ ދާއިރާއިން: އަލްމަރްހޫމް އިބްރާހީމް ހުސައިންފުޅު، މަންޒިލް، ބ. ތުޅާދޫގެ ހަނދާނަށް

2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް ހަސަން ލަބީބު، ކެމީ، ސ. ހިތަދޫ

3. ސިއްހީ ދާއިރާއިން: ޑޮކްޓަރ ހާމިދު ރަޝީދު، މއ. އެވޭލާގެ

4. ކުޅިވަރުގެ ދާއިރާއިން: އަލްފާޟިލް މައްލާ ޅަތުއްތު، ހ. ސާވަން

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 14 ބޭފުޅުންނަކީ:

1. ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ގުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްހާފިޒާ ލަތީފާ އަހުމަދު، މާރވުލެސް، ސ. ހިތަދޫ

2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަސް އުނގަންނައިދިނުމުގެ ރޮނގުން: އަލްފާޟިލް އަބްދުﷲ ޖަމީލް، ވައްވަރުގެ، ޅ. ނައިފަރު

3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން: އަލްފާޟިލް ފަތުހުﷲ އަހުމަދު، މޫރިތިގެ، ހއ. އިހަވަންދޫ

4. ތައުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: އަލްފާޟިލާ ޝަރަފުލްހުދާ މުހައްމަދު، ސީނުގެ، ގއ.ނިލަންދޫ

5. އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން؛ ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން: ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)

6. އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން؛ މުޖުތަމައުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތްކުރުމުގެ ރޮނގުން: އަލްފާޟިލް މުހައްމަދު ރާޝިދު، މ. ހުސްނޫ

7. ފަތުރުވެރިކަމުގެ ދާއިރާއިން؛ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތައާރުފުކުރުމުގެ ރޮނގުން: އަލްފާޟިލް ޔޫސުފް ރިފްއަތު، ނޫވިލު، ޅ. ހިންނަވަރު

8. މަސައްކަތްތެރިކަމުގެ ދާއިރާއިން؛ އެކި ބާވަތުގެ މަސައްކަތްކުރުމާއި، ކުރިއެރުވުމުގެ ރޮނގުން: އަލްފާޟިލާ ފާތިމަތު ޝިފާ މޫސާދީދީ، ސަރާސަރުގެއާގެ، ސ. ހިތަދޫ

9. މުވާސަލާތާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން: ކޮމްޕިއުޓަރ ސޮފްޓްވެއަރ އާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮނގުން: ޑޮކްޓަރ މުހައްމަދު ކިނާނަތު، މއ. ބޮޑުދަހަރާގެ

10. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: އަލްފާޟިލް އިބްރާހީމް މުހައްމަދު، ހ. ސްނޯޕީކް

11. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: އަލްފާޟިލް އަލީ ރަޝީދު، ހަނދުވަރީގެ، ސ. ފޭދޫ

12 .ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: އަލްފާޟިލާ ފާތިމަތު ސާލިޔާ، ވާރޭވިލާ، ހދ. ނޭކުރެންދޫ

13. ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން) ގެ ރޮނގުން: އަލްފާޟިލާ މައިމޫނާ، މ. މިރިޔާސްގެ

14. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން: އަލްފާޟިލް އަރުޝަދު އަޝްރަފް، ހުސްނުހީނާގެ، ހއ. ހޯރަފުށި

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދެވޭ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް