Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2021 | ބުދަ 14:34
ކޭކް ސްޓަރ ކޮންޕެޓިޝަން: ނަޝީ ކޭކްސްއަށް އެއްވަނަ
ކޭކް ސްޓަރ ކޮންޕެޓިޝަން: ނަޝީ ކޭކްސްއަށް އެއްވަނަ
ކޭކް ސްޓަރ ކޮންޕެޓިޝަން
ކޭކް ސްޓަރ ކޮންޕެޓިޝަން: ނަޝީ ކޭކްސްއަށް އެއްވަނަ
މުޅި ޖުމްލަ 20 ގައުމަކުން މި ކޮންޕެޓިޝަންގައި ބައިވެރި ވެފައިވޭ
ފައިނަލިސްޓުން ހޮވާފައިވާނީ 15 ސެޕްޓެންބަރުގައި
ވަނަތައް އިއުލާންކުރީ 5 އޮކްޓޯބަރގެ ހެނދުނުގެ ވަގުތެއްގައި

ކޭކް ސްޓަރ މުބާރާތުގެ ވެޑިން ކޭކް ކެޓެގަރީން އެއްވަނަ ރާއްޖޭގެ މަޝްހޫރު ކޭކު އެޅުންތެރިޔާ އާމިނަތު ނަޝީދާ (ނަޝީ) އަށް ލިބިއްޖެއެވެ.

ކޭކް ސްޓަރ މުބާރާތަކީ އޮންލައިންކޮށް ބޭއްވުނު އިންޓަނޭޝަނަލް މުބާރާތެކެވެ.

ރާއްޖެ ހިމަނައިގެން، މުޅި ޖުމްލަ 20 ގައުމަކުން މި މުބާރާތުގައި ބައިވެރި ވެފައިވެއެވެ. މި މުބާރާތުގައި އެތައް ކެޓަގަރީއެއް އެކުލެވިގެންވާއިރު، މުބާރާތުގައި ބައިވެރިކޮށްފައިވާ ކޭކުތައް ޖަޖް ކޮށްފައިވަނީ ކެޓަގަރީތައް ވަކިވަކިންނެވެ. ނަޝީ ކޭކްސްއަށް އެއްވަނަ ލިބިފައިވަނީ 'ވެޑިންގ ކޭކްސް 2021' ގެ ކެޓަގަރީންނެވެ.  

Advertisement

ރާއްޖެ އެމްވީއާ ވާހަކަ ދައްކަމުން ނަޝީ ބުނެފައިވަނީ، މި މުބާރާތަށް ކޭކް ތައްޔާރުކުރަން 1 މަސް ދުވަހުގެ މުއްދަތެއް ލިބުނު ކަމަށާއި، އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ކޮވިޑް ލޮކްޑައުން ތެރޭގައި މުބާރާތް ފެށުމާ ގުޅިގެން ފިހާރަތަކަށް ނުދެވުން ކަމުގައި ނަޝީ ފާހަގަކުރިއެވެ.

ނަޝީ ބުނެފައިވާ ގޮތުގައި، ކޭކްތަކުގެ ފެންވަރަށް ބަލަމުން ކެންޑިޑޭޓުން އުނިކުރަމުން ގޮސް ފައިނަލަށް ދިޔަ ފަރާތްތައް ހޮވާފައިވަނީ 15 ސެޕްޓެންބަރުގައެވެ. އަދި މި ކޮންޕެޓިޝަންގެ ވަނަތައް ހޮވަން ނިންމާފައިއޮތީ 4 އޮކްޓޯބަރގައި ނަމަވެސް ވަނަތައް އިއުލާންކުރީ އޮކްޓޯބަރ 5 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މީގެއިތުރުން ނަޝީ ބުނެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މޮޅު ކޭކް އާޓިސްޓުން ނަޝީ ކޭކްސްއަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ޝެއަރ ކުރި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް