ކ. މާލެ
|
4 އޮކްޓޯބަރ 2021 | ހޯމަ 06:58
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން
ގެޓީ އިމޭޖަސް
އިންޑިއާގެ އިޤްތިޞާދު ކުރިއެރުން
އިންޑިއާގެ އިޤްތިޞާދު ކުރިއަރައި ދަނީ ނުހަނު ބާރަށް: ސްކޮޓް މޮރިސަން
 
ކޮވިޑްގެ ހާލަތުގައި ވެސް އިންޑިއާއިން ވަނީ ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައި
 
ސިއްހީ ދާއިރާއިން އިންޑިއާއަކީ ދުނިޔޭގައި ނަން ކިޔާލެވޭ ގައުމެއް

އިންޑިއާގެ އިޤްތިޞާދު ކުރިއަރައި ދަނީ ނުހަނު ބާރަށް ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ސްކޮޓް މޮރިސަން ވިދާޅުވީ އިންޑިއާގެ އިޤްތިޞާދު ކުރިއަރައި ދަނީ ނުހަނު ބާރަށް ކަމަށާއި، އެހެންކަމުން އޮސްޓްރޭލިއާއިން އިންޑިއާއެކު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން އިންޑިއާއިން ޓެކްނޮލޮޖީ ގޮތުންނާއި، ސިއްހީ ދާއިރާއިން އަދި ތައުލީމީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި، ހާއްސަކޮށް ސިއްހީ ދާއިރާގައި އެގައުމަކީ މިހާރު ދުނިޔޭގައި ނަން ކިޔޭ ގައުމަކަށް ވެފައިވާ ކަމަށެވެ.

ކޮވިޑްގެ ހާލަތުގައި ވެސް އިންޑިއާއިން ގޮންޖެހުންތަކާއި ކުރިމަތިވި ނަމަވެސް އެހުރިހާ ގޮންޖެހުންތަކަކާއެކު ވެސް ވެކްސިން ހޯދުމަށް ކުރި މަސައްކަތަކީ ފާހަގަ ކޮށްލެވޭ މަސައްކަތެއް ކަމަށާއި، މިއަދު އިންޑިއާއަކީ އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ސްކޮޓް މޮރިސަން ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާ ސަރުކާރުން އެގައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ދުވަހުން ދުވަހަށް ކުރަމުން ގެންދާ މަސައްކަތަކީ ފާހަގަ ކޮށްލެވޭ މަސައްކަތެއް ކަމަށް މޮރިސަން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް