ކ. މާލެ
|
3 އޮކްޓޯބަރ 2021 | އާދީއްތަ 18:26
ހިޔާ ފްލެޓްތަކުގެ އެކި ސަރަހައްދުތަކަށް ކުނި ޖަމާކޮށްފައި
ހިޔާ ފްލެޓްތަކުގެ އެކި ސަރަހައްދުތަކަށް ކުނި ޖަމާކޮށްފައި
އަމްނާ އިމާދު
ހިޔާ ފްލެޓްތަކުން ކުނި ނެގުން
ހިޔާ ފްލެޓުތަކުން ކުނި ނެގުމަށް ޚާއްސަ އިންތިޒާމްތަކެއް!
 
ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތްތައް ފަށާނީ ނޮވެމްބަރު މަހު
 
ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 8:00ން މެންދުރު 12:00ށް
 
ކުނި އުކާލުމަށް 6 ސަރަހައްދެއްގައި ޑަސްބިން ބަހައްޓާފައިވޭ

ހިޔާ މަޝްރޫއުގެ ފްލެޓުތަކުން ކުނި ނެގުމަށް ޚާއްސަ އިންތިޒާމްތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހަމަޖައްސައިފިއެވެ.

އެޗްޑީސީން ބުނީ 17 އޮގަސްޓް 2021ން ފެށިގެން ހުޅުމާލެ ފޭސް-2 ގައި އިމާރާތް ކޮށްފައިވާ ހިޔާ 7000 ގެ 16 ޓަވަރުން ފުލެޓު ލިބިފައިވާ މީހުންގެ ތެރެއިން މިހާރު ފުލެޓުގައި ދިރި އުޅެމުންދާ ފަރާތްތަކާއި އަދި ފުލެޓުތަކުގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުގެ ގޭބިސީން އުފެދޭ ކުނިވާ ޒާތުގެ ކުނި ނެގުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަަމަށެވެ.

އެގޮތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ރަސްމީކޮށް ޚިދުމަތް ފެށެންދެން ކުނި އުކާލުމަށް 6 ސަރަހައްދެއްގައި ޑަސްބިން ބަހައްޓާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެޓަވަރަކާއި އެންމެ ކައިރީގައިވާ ޑަސްޓްބިންއަށް ކުނި އެޅުމަށް އެޗްޑީސީން އެދިފައިވެއެވެ.

އެޗްޑީސީން ބުނީ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 8:00ން މެންދުރު 12:00ށް ކަމަށެވެ. އެހެންކަމުން ގަޑިއަށް ސަމާލުކަން ދީގެން އެވަގުތުގައި ކުނި ޑަސްބިނަށް އެޅުމަށް އެދިފައިވެއެވެ. ހިޔާ ފުލެޓު އެތެރޭގެ އެއްވެސް ތަނެއްގައި އަދި ފުލެޓު ހިމެނޭ ސަރަހައްދުގައި ވެސް ގޭބިސީން އުފެދޭ ކުނި ނުބެހެއްޓުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތްތައް ފަށާނީ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެއީ ފޭސް 2 ގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް ނުނިމޭތީ ވެމްކޯގެ ކުނި ނަގާ އުޅަނދުތަކަށް އެ ތަނަށް ވަނުމަށް ދަތިތަކެއް ކުރިމަތިވާތީއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކުން ކުނި ނެގުމަށް ޚާއްސަ އިންތިޒާމްތަކެއް އެޗްޑީސީން ހަމަޖައްސާފައި މިވަނީ އެސަރަހައްދުން ކުނި ނެގޭނެ ރަނގަޅު އިންތިޒާމެއް ހަމަނުޖެހި ރައްޔިތުންގެ ގިނަ ކަންބޮޑުންތަކެއް ފާޅުކޮށްފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް