Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2021 | އާދީއްތަ 10:26
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ރާއްޖެއެމްވީ
ފޭރުމާއި ވައްކަން
ވަޅިން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މީހަކު ހައްޔަރުކޮށްފި
90،000 އަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވޭ

ވަޅިން ބިރުދައްކައިގެން 90،000 އަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރު ކޮށްފައިވަނީ ކ. މާލޭ، ގ. ހިޔަރޯދި، މުޙައްމަދު ޝައްމާން ސަލީމް ނަމަކަށް ކިޔާ މީހެކެވެ. ކްރިމިނަލް ކޯޓުންވަނީ ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިޔަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

Advertisement

ޝައްމާން އަކީ ކުށުގެ ގިނަ ރެކޯޑުތަކެއް ހުރި މީހެއްކަމަށާއި ގިނައީ ފޭރުމުގެ މައްސަލަތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެންމެ ފަހުން މިފަދަ މައްސަލައެއް ހުށަހެޅުނު ފަހަރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެކަމުގައި ޝާމިލްވެފައިވާކަން ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް