ކ. މާލެ
|
1 އޮކްޓޯބަރ 2021 | ހުކުރު 21:11
ކިންޑަރގާރޑެން ދަރިވަރުން ކްލާސްރޫމެއްގައި
ކިންޑަރގާރޑެން ދަރިވަރުން ކްލާސްރޫމެއްގައި
އޭބީސީ ނިއުސް
މާސް އެޅުމާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާ
ސްކޫލު ތެރޭގައި ދަރިވަރުން މާސްކް އެޅުމުން ކޮވިޑް ފެތުރޭ މިންވަރު ދަށް ކަމަށް ދިރާސާ ތަކުން ދައްކައިފި
 
ދާދި ފަހުން ހަދާފައިވާ މި ތިން ދިރާސާވެސް ވަނީ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލުން އާއްމުކޮށްފައި
 
ދަރިވަރުންނަށް އުޅެން އުނދަގޫ ނަމަވެސް އެކަމުގެ ސަބަބުން ލިބޭ ރައްކާތެރިކަން މާބޮޑު

ސްކޫލު ތެރޭގައި ދަރިވަރުން މާސްކް އެޅުމުން ކޮވިޑް ފެތުރޭ މިންވަރު ދަށް ކަމަށް ދިރާސާ ތަކުން ދައްކައިފިއެވެ.

ދާދި ފަހުން ހަދާފައިވާ މި ތިން ދިރާސާވެސް ވަނީ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލުން ކޮންމެ ހަފްތާއަކު ނެރޭ ރިޕޯޓުގައި އާއްމު ކޮށްފައެވެ. މި ދިރާސާތަކުގެ ނަތީޖާ ވެގެންދިޔައީ ޓީޗަރުންނަށް ހައިރާން ކުރަނިވި ނަތީޖާއަކަށެވެ.

ސްކޫލް މާހައުލުގައި މާސްކް އަޅައިގެން ދަރިވަރުންނަށް އުޅެން އުނދަގޫ ނަމަވެސް އެކަމުގެ ސަބަބުން ލިބޭ ރައްކާތެރިކަން މާބޮޑަށްވެސް މުހިއްމު ކަމަށް ޓީޗަރުން މިހާރު ގެންދަނީ ބުނަމުންނެވެ. އަދި ދަރިވަރުން ސްކޫލަށް ގެނެސްގެން ކިޔަވައި ދިނުމަށް ދައްކަން ޖެހޭ އަގަކީ އެ ނަމަ އެކަންވެސް ރަނގަޅުކަމަށް ޓީޗަރުންވަނީ ބުނެފައެވެ.

ކޮވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިއިރު، ގައުމުތަކުންވަނީ ސްކޫލް ދަރިވަރުން މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުންވ މަޖުބޫރު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް