ކ. މާލެ
|
1 އޮކްޓޯބަރ 2021 | ހުކުރު 16:21
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ރާއްޖެ އެމްވީ
ހިޔާ ފްލެޓް
ހިޔާ ފްލެޓްގެ ޓަވަރުތަކަށް ކަރަންޓުދީ، ގްރޭސް ޕީރިއަޑް ގުނަން ފަށައިފި
 
ގްރޭސް ޕީރިއަޑުގެ 3 މަސް ގުނަން ފަށާނީ ޓަވަރަށް ކަރަންޓާއި ފެނުގެ ޚިދުމަތް ލިބުމުން
 
ތިންމަސް ދުވަސް ހަމަވުމަށް ފަހު އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ އިންސްޓޯލްމަންޓް އަދި މެނޭޖްމެންޓް ފީ ހިނގަންފަށާނެ

ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓުދީ، ގްރޭސް ޕީރިއަޑް ގުނަން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ، ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓުގެ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ "ނ" ގައި ބަޔާންކޮށްފައިވާ ގޮތުން ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާއިރު އެ ޓަވަރަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބިފައި ނުވާނަމަ، ގްރޭސްޕީރިއަޑްގެ 3 މަސް ދުވަސް ގުނަން ފަށާނީ އެ ޓަވަރަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ލިބުނުކަން ވިއްކާފަރާތުން އިޢުލާންކުރާ ތާރީޚުން ފެށިގެން ކަމަށެވެ.

ކަރަންޓާއި ފެނުގެ ޚިދުމަތް މިހާރު ހިޔާފުލެޓުތައް ހިމެނޭ ހުރިހާ ޓަވަރަކަށްވެސް ފޯރުކޮށްދީފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި 30 ސެޕްޓެމްބަރ 2021ގެ ނިޔަލަށް ފުލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް 1 އޮކްޓޯބަރ 2021 ން ފެށިގެން ހިނގަންފަށާނެ ކަމަށެވެ. އެޗްޑީސީން ބުނީ، މި ތިންމަސް ދުވަސް ހަމަވުމަށް ފަހު އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ އިންސްޓޯލްމަންޓް އަދި މެނޭޖްމެންޓް ފީ ހިނގަން ފަށާނެކަމަށެވެ. މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާއެކު ޖުމްލަ ދައްކަން ޖެހޭނީ 8500 ރުފިޔާއެވެ. 

"ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކުރުމަށް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، 20 ޖުލައި 2016 ގައެވެ. މިއީ ދިވެހި ސަރުކާރުން، 434 މިލިއަން ޑޮލަރުގެ (6.692 ބިލިއަން ރުފިޔާ) ލޯނެއް ނަގައިގެން ހިންގާފައިވާ ޕްރޮޖެޓެކެވެ.

ހިޔާ ފްލެޓްގައި ހުރި ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފެޓިޝަނެއް ވެސް ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހަށް ހިޔާ ފްލެޓާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަންގައި މައިގަނޑު 3 ކަމަކަށް ޑިމާންޑް ކޮށްފައިވެއެވެ. އެގޮތުން ފްލެޓްގެ ކުލި 5،600 އަށް ކުޑަކުރުމާއި، ފްލެޓްގެ ފިނިޝިންގއަށް ދީފައިވާ މުއްދަތު 12 މަސްދުވަހަށް އިތުރުކޮށްދިނުމާއި، ފްލެޓްގެ ޖުމްލަ ކުލިން އެއްލައްކަ ރުފިޔާ ކުޑަކުރުމަށް ވަނީ ޕެޓިޝަންގައި ޑިމާންޑްކޮށްފައެވެ. ކޮމިޓީން ވަނީ މިކަމުގައި ރައީސާ ބައްދަލުކުރަން ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް