ކ. މާލެ
|
30 ސެޕްޓެންބަރ 2021 | ބުރާސްފަތި 21:33
ގަލްފް އެއަރގެ ބޯޓެއް
ގަލްފް އެއަރގެ ބޯޓެއް
މޯލްޑިވްސް.ނެޓް.އެމެވީ
ގަލްފް އެއަރ
ގަލްފް އެއަރއިން އިސްރާއީލަށް ވައިގެ ދަތުރު ފަށައިފި
ބަހުރެއިންއަކީ ފާއިތުވެދިޔަ އަހަރު އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރި 4 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް
މިއީ ގަލްފް އެއަރއިން އިސްރާއީލަށް ދަތުރުތައް ފެށި ފުރަތަމަ ފަހަރު

ގަލްފެ އެއަރއިން، އިސްރާއީލަށް ވިޔަފާރީގެ ދަތުރު ކުރަން ފަށައިފިއެވެ.

މިއީ ގަލްފް އެއަރއިން އިސްރާއީލަށް ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ. އެއަރލައިނުން މިކަން ހާމަކުރީ މި މަހުގެ 9ވަނަ ދުވަހުއެވެ. ގަލްފް އެއަރއިން ބުނެފައިވަނީ، އެ އެއަރލައިންގެ ދަތުރުތައް އިސްރާއީލަށް ކުރަން ފަށާފައިވަނީ، ފާއިތުވެދިޔަ އަހަރު ބަހުރެއިންއާ އިސްރާއީލާ ދެމެދު ވެވުނު "ސިޔާސީ، ވިޔަފާރި އަދި ސިވިލް އޭވިއޭޝަން އެގްރީމަންޓް"ތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައެވެ.

އިސްރާއީލާއެކީ ސިޔާސީ ގުޅުން ގާއިމު ކުރުމުގެ ގޮތުން، ފާއިތުވެދިޔަ އަހަރު، އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވާލި އަބަރަހަމް އެކޯޑުގައި ބަހުރެއިނުން ވަނީ ސޮއި ކޮށްފައެވެ.

ބަހުރެއިނުން މިއަހަރުގެ މާޗްމަހު ވަނީ އެގައުމުން އިސްރާއީލަށް ކަނޑައަޅާ ސަފީރަކުވެސް ހަމަޖައްސާފައެވެ. އިސްރާއީލުންވަނީ މިމަހުގެ ކުރީކޮޅު އެގައުމުން ބަހުރެއިނަށް ކަޑައެޅި ފުރަތަމަ ސަފީރުވެސް އެ މަގާމަށް އައްޔަނު ކޮށްފައެވެ.

ބަހުރެއިން އަކީ ފާއިތުވެދިޔަ އަހަރު އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރި 4 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ދެން އިސްރާއީލާއެކު ގުޅުން ގާއިމްކޮށްފައިވަނީ ޔޫއޭއީ، ސޫދާން އަދި މޮރޮކޯއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް