ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެދާއިރާގެ މަޖިލީހުގެ މެމްބަރު އަލީ ނިޔާޒަށް ސިއްޙީ ކުއްލި މައްސަލައެއް ދިމާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އަލީ ނިޔާޒަކީ ހުޅުމާލެދާއިރާގެ މަޖިލިސް މެމްބަރުގެ އިތުރުން އެމްޑީޕީގެ ޗެއަރޕާޝަންގެ ނައިބެވެ. އަދި ނިޔާޒަކީ ރައީސް އިބުރާހިމް މުހައްމަދު ޞާލިހްގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެވެ.
ނިޔާޒަށް ދިމާވި ސިއްޙީ ކުއްލި މައްސަލައާ ގުޅިގެން އަދި އާއިލާއިން އެއްޗެއް ނުބުނެއެވެ. އަލީ ނިޔާޒަށް ފަރުވާދެނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެންނެވެ.