ކ. މާލެ
|
26 ސެޕްޓެންބަރ 2021 | އާދީއްތަ 19:13
މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ
މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސް
މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ވައި ގަދަވާނެކަމަށް
ރާއްޖެއާ ދުރުން ބޭ އޮފް ބެންގޯލުގެ ހުޅަނގު އުތުރުގައި "ގުލާބު"ގެ ނަމުން ނަން ދީފައިވާ ތޫފާނެއް ވަނީ އުފެދިފައި

ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ, ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް, ވައިގަދަވާނެކަމަށެވެ. މީގެއިތުރުން ރާއްޖެއާ ދުރުން ބޭ އޮފް ބެންގޯލުގެ ހުޅަނގު އުތުރުގައި "ގުލާބު"ގެ ނަމުން ނަން ދީފައިވާ ތޫފާނެއް އުފެދިފައިވާކަމަށެވެ. ތޫފާން "ގުލާބު" ހުޅަނގަށް ދަތުރުކޮށް، އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އިންޑިޔާގެ އިރުމަތީ އައްސޭރި ހުރަސްކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

މީގެއިތުރުން އާދީއްތަ ދުވަހުގެ ރޭ 10:30އާ ހަމައަށް ވަނީ މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި, ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

މީގެއިތުރުން އާދީއްތަ ދުވަހުގެ ރޭ 10:30އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. އެ އިދާރާއިން ބުނީ އާދީއްތަ ދުވަހުގެ ރޭ 10:30އާ ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި, ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

- ކޮމެންޓް