Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2021 | ހުކުރު 08:16
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު
އޭޖީ އޮފީސް
ކައުންސިލްތަކަށް ދައުލަތް ތަމްސީލުނުކުރެވޭނެކަމަށް
ކައުންސިލްތަކަށް ދައުލަތް ތަމްސީލުނުކުރެވޭނެ ކަމަށް ކުރި ހުކުމް ސުޕްރީމްކޯޓުގައި އިސްތިއުނާފްކޮށްފި
އދ. ފެންފުށީ ބިމެއްގެ މައްސަލައިގައި ހައިކޯޓުން ނިންމީ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށާއި ދައުލަތް ތަމްސީލު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށް
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ގާނޫނީ ޝަހްސެއް
އެހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓްގައި އިސްތިއުނާފުކޮށް ހައިކޯޓުން އެގޮތަށް ކަނޑައެޅި ބައި ތަންފީޒުކުރުން ފަސްްކުރުމުގެ އަމުރަކަށް އެދިފައިވޭ

ލޯކަލް ކައުންސިލްތަކަށް ކޯޓްތަކުގައި ދައުލަތް ތަމްސީލުނުކުރެވޭނެ ކަަމަށް ހައިކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

އދ. ފެންފުށީ ބިމެއްގެ މައްސަލައިގައި މިމަހުގެ 8 ވަނަ ދުވަހު ހައިކޯޓުން ނިންމީ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށާއި ދައުލަތް ތަމްސީލު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށެވެ. އެހެންކަމުން ރަށެއްގެ ބިމުގެ މައްސަލަތަކުގައި ވެސް ވަކާލާތު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށް އެ ހުކުމުގައިވެއެވެ.

ނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ގާނޫނީ ޝަހްސެކެވެ.

Advertisement

މިކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ހުސެއިން ހަސަން ވިދާޅުވީ އެހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓްގައި އިސްތިއުނާފުކޮށް ހައިކޯޓުން އެގޮތަށް ކަނޑައެޅި ބައި ތަންފީޒުކުރުން ފަސްްކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށެވެ. އެ ހުކުމް އިސްތިއުނާފުކުރި ސަބަބަކީ ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަޚުސެއް ކަމަށް ވާތީއެވެ. މީގެއިތުރުން ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކަކީ އެ ކައުންސިލްތަކުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށް އިދާރީ ދާއިރާތައް ލާާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި އޮންނަ އޮތުމަކީ ވެސް އެޓަރނީ ޖެނެރަލް އޮފީހުން އެމައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރި ސަބަބެކެވެ.

ފެންފުށީގެ ބިމަކާ ހެދި، އެ ރަށު ކައުންސިލާ ދެކޮޅަށް ހައި ކޯޓަށް މައްސަލަަ ހުށަހެޅިޔަސް، ކައުންސިލުން ބުނެފައިވަނީ، އެ މައްސަލައިގައި ވަކާލާތު ކުރެވޭނެ ވަކީލަކު އެ ކައުންސިލްގައި ނެތް ކަމަށެވެ. އެހެންކަމުން ފެންފުށީ ކައުންސިލްގެ ފަރާތުން ޖަވާބުދާރީވާން އެޓާރނީ ޖެނެރަލްގެެ އޮފީހަށް ހައި ކޯޓުން އެންގުމުން އެޓާރނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ޖަވާބު ދިނީ ކައުންސިލްތަކަކީ މިނިވަން ގާނޫނީ ޝަހްސަކަށް ވާތީ ކައުންސިލްތައް ތަމްސީލު ކުރުމުގެ ބާރު އެ އޮފީހަށް ނެތް ކަމަށެވެ.

ނަމަވެސް ހައި ކޯޓުން ނިންމީ އެޓާރނީ ޖެނެރަލްގެ ފަރާތުން އެ މައްސަލައިގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އެޓާރނީ ޖެނެރަލްގެ އޮފީހާއި ފެންފުށި ކައުންސިލް ބައިވެރިކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް