ކޮވިޑް-19 ޖެހިގެން ރާއްޖޭގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ނިޔާވެފައިވަނީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެމީހާ ނިޔާވެފައިވަނީ ގދ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށެވެ.
މިމީހާ ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:52 ގައެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 228ށް އަރާފައެވެ.