ކ. މާލެ
|
13 ސެޕްޓެންބަރ 2021 | ހޯމަ 16:14
ބަންގަލަދޭޝްގެ ސްކޫލްތައް ހުޅުވައިފި
ބަންގަލަދޭޝްގެ ސްކޫލްތައް ހުޅުވައިފި
އަލްޖަޒީރާ
ބަންގްލަދޭޝްގެ ސްކޫލްތައް ހުޅުވުން
ބަންގްލަދޭޝްގެ ސްކޫލްތައް 18 މަހަށްފަހު ހުޅުވައިފި
ސްކޫލަށް ވަނުމުގެ ކުރިން ހުންބެލުމާއި، ސެނިޓައިޒް ކުރުމާއި، މާސްކް އަޅައިގެން ސްކޫލަށް ވަންނަން ހަދާންކޮށްދޭ
ބަންގަލަދޭޝް އަކީ 169 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެއް

ބަންގްލަދޭޝްގެ ސުކޫލްތައް 18 މަހަށްފަހު ހުޅުވައިފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ބަންގްލަދޭޝްގައި ލޮކްޑައުން އިއުލާން ކޮށްފައި އޮންނަތާ 18 މަސްފަހުން ސްކޫލްތައް ހުޅުވާފައިވަނީ އާދިއްތަ ދުވަހުއެވެ.

ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އެންމެ ގިނަ ދުވަހަށް ސްކޫލްތައް ބަންދު ކޮށްފައި އޮތީ ކޮރޯނާ ވައިރަސްއާ މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ބަލިމަޑުކަމުގެ ސަބަބުންނެވެ. ދިގު މުއްދަތަކަށް ދެމިގެން މިދިޔަ ލޮކްޑައުންގައި ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔަވަދެމުން އައީ އޮންލައިން ކޮށެވެ.

ބަންގަލަދޭޝްގެ ވެރި ރަށް ޑާކާގެ އުޑްޔާން ސްކޫލުގެ ދަރިވަރުންނަށް އެ ސްކޫލުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ކޮވިޑްގެ މިހާލަތުގައި އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން އެ ސްކޫލްގައިވެސް ސްކޫލަށް ވަނުމުގެ ކުރިން ހުންބެލުމާއި، ސެނިޓައިޒް ކުރުމާއި، މާސްކް އަޅައިގެން ސްކޫލަށް ވަންނަން ހަދާންކޮށްދެއެވެ.

އުޑްޔާން ސްކޫލް ހުޅުވުނު ދުވަހު އެހާ ގިނަ އަދަދެއްގެ ކުދިން ސްކޫލަށް ދާނެ ކަމަށް ސްކޫލުގެ ޕްރިންސިޕަލް އުންމީދު ނުކުރާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ބަންގްލަދޭޝް އަކީ 169 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. އެ ގައުމުގެ ވެރިރަށް ޑާކާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އެވްރެޖް މިހާރު އުޅެނީ ދުވާލަކު 1800ން މަތީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 40 މިނެޓު ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް