ކ. މާލެ
|
10 ސެޕްޓެންބަރ 2021 | ހުކުރު 19:18
އަލިފުށީގައި ރައީސަށް މަރުހަބާ ދެންނެވުމަށް ހަދާފައިވާ ބިނާއެއް
އަލިފުށީގައި ރައީސަށް މަރުހަބާ ދެންނެވުމަށް ހަދާފައިވާ ބިނާއެއް
ފޭސްބުކް
މަރުހަބާ ދެންނެވުން
ވެރިންނަށް މަރުހަބާ ދެންނެވުމުގައި ދިވެހިންނަކީ ކުޅަދާނަ ބައެެއް
 
އެރަށު ބަނދަރުގައި އެއަރޕޯޓު ޓަވަރުގެ ނަކަލެއްވަނީ ހަދާފައި
 
އަލިފުއްޓަކީ ކިއްސަރު ވަޑާމަށް ރާއްޖޭގައި ނަން މަޝްހޫރު ރަށެއް

ދިވެހިންނަކީ ހެޔޮ, ތެދުވެރި, އަދި ފުރިހަމައަށް މެހެމާންދާރީ އަދާކުރާ ބައެކެވެ. އެބައެއްގެ ތެރޭގައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި އެއްބަނޑުއެއްބަފާކަން ދެމިއޮތް ބައެކެވެ. ހުރިހާ ރިވެތި އާދަތަކެއްގެ ވެރި ބައެކެވެ. ދިވެހިންނަކީ އަބަދުވެސް އުފެއްދުންތެރި, ކަންކަމުގައި ތަފާތު ދައްކާ ބައެކެވެ. ޚާއްސަ މުނާސަބަތުތަކާއި ޙަފްލާތަކުގައި ދިވެހިންގެ މި ހުނަރުވެރިކަމާއި ފާޑުވެރިކަން ފެނެއެވެ. ރަށްރަށަށް ގައުމުގެ ވެރިން ކުރައްވާ ދަތުރުފުޅުތަކުގައި މިފަދަ މަންޒަރުތައް ވަނީ ވަރަށް އާންމު ކަމަކަަށެވެ.

ދިވެހިންނަކީ އަބަދުވެސް މިކަހަލަ ކަންކަމުގައި ކުޅަދާނަ ބައެކެވެ. ޚާއްސަކޮށް ގައުމުގެ ވެރިއަކު ވަޑައިގަންނަވާނަމަ އެކަމަށް ދުރާލާ ތައްޔާރުވެއެވެ. އެރަށެއްގައި ޒަމާނުއްސުރެ ކުރަމުން އައި ކަންކަން ދައްކާލުމަށްޓަކައި މަސައްކަތް ކުރެއެވެ. ރެއާއި ދުވާލު އެކަމުގައި ހޭދަކޮށް ހުރިހާކަމެއް ފުރިހަމައަށް ކުރުމަށް މަސައްކަތް ކުރެއެވެ.

މިފަދަ ތަފާތު މަންޒަރެއް މިފަހަކަށް އައިސް ފެނިގެން ދިޔައީ ރ. އަލިފުށިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރ. އަތޮޅަށާއި އަދި ށ. އަތޮޅުގެ ބައެއް ރަަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ރ. އަލިފުއްޓަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ރައީސަށް މަރުހަބާ ދެންނެވުމަށްޓަކައި އެރަށުގެ ބަނދަރުގައި އެއަރޕޯޓު ޓަވަރުގެ ނަކަލެއްވަނީ ހަދާފައެވެ. މިކަމުން ދައްކުވައިދިނީ އެރަށުގެ ރައްޔިތުންނަށް މިވަގުތު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބޭނުންވަނީ އެއަރޕޯޓް މަޝްރޫއު ކަމެވެ. ރަށަށް ފައިބައިގެންދާއިރު، ރަށުގެ ނަމާ ކައިރީގައި އުސްކޮށް ހަދާފައިވާ މި ޓަވަރުން ރައްޔިތުންގެ ހިތުގައި އޮތް އެދުން ވަރަށް ފުރިހަމައަށް ދައްކުވައިދިނެވެ. އަލިފުށްޓަކީ ކިއްސަރު ވަޑާމަށް ރާއްޖޭގައި ނަން މަޝްހޫރު ރަށެކެވެ. ބަނދަރު މަތީގައި ހަދާފައިވާ މިޓަވަރުންވެސް މިކަން ފެނިގެން ދިޔައެވެ.

އަލިފުށީގެ ވާހަކަ މިދެކެވުނީ، މިފަހަކަށް އައިސް ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކުގެ ތެރެއިން ފެނުނު ތަފާތު މަންޒަރެއް ވީމައެވެ. ކޮންމެ ރަށަކުންވެސް ރައީސަށް މަރުހަވާ ދެންނެވުމަށް މުހިއްމު އައިޓަމްތަކެއް ރާވައެވެ. ބޮޑުބެރު ޖެހުމާއި ނެށުންފަދަ ހަރަކާތްތައް ކުރިއަަށް ގެންދެއެވެ. އަލިފުށިން މިފަދަ މަންޒަރެއް މިފެނުނީ މިދަވަސްވަރު އެ ރަށު އެއަރޕޯޓުގެ ވާހަކަ ދެކެވޭތީއެވެ. އެއަރޕޯޓާގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވި ނަަމަވެސް އެކަން ކުރިއަށްދާނެ ކަމަށް އެ ދާއިރާގެ މެމްބަރުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ކުރައްވާ ދަތުރުފުޅުތަކުގައި އެރަށެއްގެ ކައުންސިލާ ބައްދަލު ކުރައްވައި ރަށުގެ ކަންކަން އޮޅުން ފިލުއްވައެވެ. އެހެންނަމަވެސް ރައްޔިތުންގެ ހިތުގައި އުފެދޭ ޝުޢޫރެއް މިގޮތަށް ފާޅުކުރުން މިއީ ތަފާތު ކަމެކެވެ. އާންމުކޮށް މިކަހަލަ ބިނާތަކާއި ފުޅަނދުތައް ފެންނަނީ ޚާއްސަ މުނާސަބަތުގައި ރަށްރަށުގައި ބާއްވާ ޕެރޭޑް ތަކުންނެވެ. އެހެންނަމަވެސް ވަކި ކަމަކަށް އެދުމުގެ ގޮތުން މިކަހަލަ ގޮތަކަށް މަންޒަރު ދެއްކުމަކީ ދިވެހިންގެ ހުނަރުވެރިކަމެވެ. މަރުހަބާ ދެންނެވުމުގައި ދިވެހިންނަކީ ކުޅަދާނަ ބައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ސަރުކާރަށް ފުރިހަމަ ބާރާއެކު މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ތިބޭނީ އަނދިރި މަރުހަލާއެއްގައި - ބިގޭ
މެންބަރުންގެ އަދަދުކަނޑައެޅުމާއި މެދު ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަކީ އަމިއްލަ މަންފާ ހޯދަން ހުށަހެޅި ބާތިލް މައްސަލަ އެއް - ބިގޭ
އަލިފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުގެ އިހުމާލުން ކަމަށް ބުނާ ވާހަކަތަކަށް މޭޔަރު އާޒިމް ރައްދު ދެއްވައިފި
"ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކުރީމޭ ބުނާގޮތަށް، އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި"
އީވާ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަންކަަމަކީ މަޖިލީހުގެ ޤަވާއިދާއި ހުކުމާއި ދިމާވާ ކަންތައްތަކެއް ނޫން: ބިގޭ
މަޖިލީސް ފެއިލްވެއްޖެ، އެކަންވީ މަޖިލިީސް ހިންގަން ތިބި އިސްވެރިންގެ ސަބަބުން - އެމްޕީ ބިގޭ
ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓާގުޅޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންތަކެއް ރ. އަތޮޅުގެ 11 ރަށެއްގައި ބާއްވައިފި