ކ. މާލެ
|
8 ސެޕްޓެންބަރ 2021 | ބުދަ 19:09
އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
ރޮއިޓަރސް
އިސްރާއީލުގެ ޖަލުން ފަލަސްތީނުގެ ގައިދީން ފިލުން
އިސްރާއީލުގެ ޖަލުން ފިލި ގައިދީން ހޯދުމަށް ކުރާ މަސައްކަތް ނާކާމިޔާބު
ޖަލްބޫއު ޖަލުން ފިލި ފަލަސްތީނުގެ ހަ މީހުން ހޯދުމަށް އެގައުމުގެ ސިފައިންނާއި އަސްކަރިއްޔާއިން ކުރި މަސައްކަތްވެސް މިހާތަނަށް ކާމިޔާބުވެފައެއް ނުވޭ
ޖަލުތަކުގެ ސެކިއުރިޓީއާ މެދު ވަނީ ސުވާލު އުފެދިފައި

އިސްރާއީލުން ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ޖަލުކަމަށްވާ ޖަލްބޫއު ޖަލުން ފިލި ފަލަސްތީނުގެ ހަ ގައިދީން ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލުގެ ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ޖަލުން ފަލަސްތީނުގެ ހަ ގައިދީން ފިލުމާއެކު އިސްރާއީލުން އެގައުމުގެ ދުޝްމަނުންގެ ސިކުނޑިއަށް ވައްދާފައިވާ "ސެކިއުރިޓީ ލެޖެންޑް"ގެ އިތުބާރު ވަނީ ގެއްލިފައެވެ. އަދި މިއީ އިސްރާއީލުގެ އަމަނާއި ސަލާމަތަށް ނުރައްކަލެއްކަމަށް އެގައުމުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް އިސްރާއީލުގެ ޖަލުތަކުގެ ސެކިއުރިޓީ ފެއިލްވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޖަލްބޫއު ޖަލުން ފިލި ފަލަސްތީނުގެ ހަ މީހުން ހޯދުމަށް އެގައުމުގެ ސިފައިންނާއި އަސްކަރިއްޔާއިން ކުރި މަސައްކަތްވެސް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.

އަނެކޮއްޅުން ޖަލުންފިލި ގައިދީން ބިންގަރާސް ކޮނެފައިވަނީ ފިލްމުތަކުންވެސް ނުފެންނަހާ ފުރިހަމައަށް ކަމަށް އެގައުމުގެ ޖަލު އޮފިސަރަކު މީޑިއާއާ ވާހަކަ ދައްކަމުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 28 މިނެޓު ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
9 ސެޕްޓެންބަރ 2021 | ބުރާސްފަތި 04:07
އަލީ
މުސްލިމުންނާ ދެކޮޅު ވަރު މިހަބަރުންވެސް ވަރަށްފުރިހަމަޔަށްހާމަވޭ ލާދީނީ
9 ސެޕްޓެންބަރ 2021 | ބުރާސްފަތި 04:02
އަލީއަލީ
މުސްލިމުން އެމީހުން ޖަލަށްލަނީ ކުށެއްކޮށްގެނެއްނޫން .ގައިދީންނަށް ވާނީ ކުށްވެރިން .މިހަބަރުގަ އެއްވެސް ވަރަަކަށް އެކަ،ް މުސްލިމުންނަށް ކުރާ އަނިޔާގެ ާާވާ ހަމަ ފާހަގަކޮށްލަން ނުކެރުނީތީ މީގެން ވެސް މިނޫސް ލިޔުން މީހާމުސްލިމުންނަށް ނަފުތަތުކުރާާވަރުހާމަވޭ