ކ. މާލެ
|
5 ސެޕްޓެންބަރ 2021 | އާދީއްތަ 09:21
މާލޭގެ ގެއަކުން ފެނުނު ހަރުފަ
މާލޭގެ ގެއަކުން ފެނުނު ހަރުފަ
އެމްއެންޑީއެފް
ހަރުފައެއް ފެނުން
މާލޭގެ ގެއަކުން ހަރުފައެއް ފެނިއްޖެ
 
ހަރުފައާ ބެހޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވޭ
 
އެ ހަރުފަ ވަނީ ފުލުހުންނާ ހަވާލުކޮށްފައި
 
ދިގުމިނުގައި ތިން ފޫޓް ހުރި

މާލޭ ސިޓީގެ ގެއަކުން ތިން ފޫޓުގެ ހަރުފައެއް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:33 ހާއިރު މާލޭގެ ގެއަކުން ހަރުފައެއް ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރއެންޑް ރެސްކިއުޓީމް އެސަރަހައްދުގައި ހަރަކާތްތެރިވެ، އެ ހަރުފަ ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ދިގުމިނުގައި ތިން ފޫޓް ހުރި މި ހަރުފަ ފެނިފައިވަނީ މ. މަރުދާނުގެއިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހަރުފައިގެ ވީޑިއޯތައް އެމްއެންޑީއެފްއިން އާންމުކޮށްފައިވާއިރު، މިއީ ކޮން ބާވަތެއްގެ ހަރުފައެއް ކަމެއް އަދި އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި ދިޔަ ޖޫން މަހުގައި ވެސް މާލޭގެ ގުދަނަކުން ހަރުފައެއްފެނި އެމްއެންޑީއެފްއިން ވަނީ ހަރަކާތްތެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
40%
0%
0%
40%
20%
0%
ކޮމެންޓް