ކ. މާލެ
|
3 ސެޕްޓެންބަރ 2021 | ހުކުރު 18:52
ޓްރޮލީއެއް ހިފައިގެން އިންޑިއާ ރައްޔިތަކު
ޓްރޮލީއެއް ހިފައިގެން އިންޑިއާ ރައްޔިތަކު
ފޭސްބުކް
ޓްރޯލީތައް ހިފައިގެން މީހަކު މަގުމަތީގައި އުޅޭ ފޮޓ
މާލޭގެ މަގުމަތިން ފެންނަ ޓްރޯލީއަކީ އެއަރޕޯޓުގެ ޓްރޯލީއެއް ނޫން - އެމްއޭސީއެލް
 
އެއާޕޯޓުގައި ހުންނަ ޓްރޯލީތައް އެގޮތަށް ބޭނުން ކުރުމަކީ މަނާ ކަމެއް

ޓްރޯލީއެއް ހިފައިގެން އިންޑިއާ މީހަކު މާލޭގެ މަގުމަތީގައި އުޅޭ ފޮޓޯތަކެއް މީސްމީޑީއާގައި ދައުރު ވަމުންދާއިރު އެއީ އެއަރޕޯޓުގެ ޓްރޯލީއެއް ނޫން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ ދައުރު ވަމުންދާ ފޮޓޯތަކުގައި ފެންނަ ޓްރޯލީއަކީ 2019 ވަނަ އަހަރުގެ މެދުތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން އެދިގެން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފެރީ ޓަރމިނަލަށް ދީފައިވާ ޓްރޯލީއެއް ކަމަށެވެ.

އަދި އެއީ އެއަރޕޯޓުގެ ޓްރޯލީއެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެއާޕޯޓުގައި ހުންނަ ޓްރޯލީތައް އެގޮތަށް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށާ އެއަރޕޯޓުން އެގޮތަށް ފަތުރުވެރިއަކުވެސް އަދި މުވައްޒަފަކުވެސް ނުގެންދާނެ ކަމަށެވެ.

ދައުރުވަމުން އަންނަ ފޮޓޯތަކުން ފެނިގެން ދަނީ އިންޑިއާ ބަޔަކު ޓްރޯލީއަށް ފޮށިތަކެއް ލައިގެން މާލޭގެ އަމީނީ މަގުން ހިނގާފައިދާ މަންޒަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
75%
0%
0%
0%
25%
0%
ކޮމެންޓް