ކ. މާލެ
|
31 އޯގަސްޓް 2021 | އަންގާރަ 07:07
އެމެރިކާ އަސްކަރިއްޔާގެ ފްލައިޓެއް ކާބުލް އެއަރޕޯޓުން ނައްޓާލަނީ
އެމެރިކާ އަސްކަރިއްޔާގެ ފްލައިޓެއް ކާބުލް އެއަރޕޯޓުން ނައްޓާލަނީ
އަލްޖަޒީރާ
އެމެރިކާގެ ފަހު ފްލައިޓް
އެމެރިކާގެ ފަހު ފްލައިޓް ކާބުލްއިން ފުރައިފި
އެމެރިކާއިން 20 އަހަރު ކުރިން ފެށި ހަނގުރާމަ ރަސްމީކޮށް ނިމުނުކަން އިއުލާން ކުރި
އޮގަސްޓް 14ން ފެށިގެން 79،000 މީހުން އެމެރިކާއިން ގެންދިޔަ
މީހުން ގެންދިޔުމަށް ދީފައި އޮތް މުއްދަތު ހަމަވީ އޮގަސްޓް 31ށް

އެމެރިކާގެ ފަހު ފްލައިޓް މީހުންނާއެކު ކާބުލްއިން ފުރައިފިއެވެ.

މިއާއެކު އެމެރިކާގެ އަސްކަރިއްޔާއިންވަނީ 20 އަހަރުވީ ދިގު ހަނގުރާމަ ނިމުމަކަށް އައިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ޖެނެރަލް ކެނެތް މެކެންޒީ ވިދާޅުވީ، އޮގަސްޓް 14 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 79،000 މީހުން އަފްޣާނިސްތާނުން ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމެރިކާގެ 6،000 މީހުން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. ސެޕްޓެމްބަރު 11، 2001 ގެ ހަމަލާއަށްފަހު އެމެރިކާ ސިފައިން ވަނީ 20 އަހަރު އަފްޣާނިސްތާނުގެ ފަސްގަނޑުގައި މަޑުކޮށްފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ، އަފްޣާނިސްތާނުގެ ރެފިއުޖީންނަށް އެމެރިކާ ސަރުކާރުން އެހީވާނެ ކަމަށެވެ.

އަފްޣާނިސްތާނުން މީހުން ގެންދިޔުމަށް ޠާލިބާނުން ދީފައިވާ ސުންގަޑިއަކީ، އޮގަސްޓް 31 ވަނަ ދުވަހެވެ. އޭގެ ފަހުން ގައުމުން ބޭރަށް އަފްޣާންގެ ރައްޔިތުން ގެންދިޔުމުގެ ފުރުސަތު ނުދޭނެ ކަމަށްވަނީ ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކާބުލް އެއާޕޯޓު ބޭރުގައި ބޮން ގޮއްވައިގެން އައިއެސް އިން ވަނީ 100 އަށް ވުރެ ގިނަ މީހުން މަރާލާފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ސިފައިންގެ 13 މީހުން ހިމެނެ އެވެ. އެހަމަލާ ދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް ޖޯބައިޑެން ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް