އެއްގަމުގޭ ވެރިކަމާއި މަހާރެހެންދިކަމުގެ 100 އަހަރު

ފުރަމާލޭ އެއްގަމުގެއަކީ 1800ގެ ފަހުކޮޅުން ފެށިގެން 1900ގެ ފަހުކޮޅަށް 100 އަހަރުގެ މުއްދަތެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށްވެސް ނުފޫގުގަދަ ގެއެކެވެ.

އެއްގަމުގޭގެ ފެށުމަކީ ސުމުއްވުލްއަމީރު ހަސަން ފާމުލަދޭރި ކިލެގެފާނެވެ. އެއީ ހުރަވީ ދަރިކޮޅުގެ ސުމުއްވުލްއަމީރު ހުސައިން ދޮށިމޭނާ ކިލެގެފާނުގެ މޫސާ ދީދީގެ ފާތިމަތު ދީދީގެ ދަރިކަލުންނެވެ. ބައްޕާފުޅަކީ ހުރަވީ ދަރިކޮޅުގެ ތޮއްޑޫގޭ އަލިމަނިކެވެ.

ސުމުއްވުލްއަމީރު ހަސަން ފާމުލަދޭރިކިލެގެފާނުގެ ދަރިކޮޅުން ދައުލަތުގެ އެންމެ މަތީ ވެރިކަން, ސަރުކާރުގެ އެންމެ މަތީ ވެރިކަން ކުރެއްވި ބޭފުޅުން ގިނަގުނައެވެ. ސުމުއްވުލްއަމީރު ހަސަން ފާމުލަދޭރި ކިލެގެފާނުގެ އަންހެން ބޭފުޅުންނާއި އެބޭފުޅުންގެ ބޭފުޅުން ގައުމުގެ އެންމެ މަތީ ވެރިން، ސަރުކާރުގެ އެންމެ މަތީ ވެރިންގެ އަނބިއަނބިކަނބަަލުން ކަމުގައި ވެވަޑައިގަތެވެ.

ފުރަމާލޭ އެއްގަމުގޭ ސުމުއްވުލްއަމީރު ހަސަން ފާމުލަދޭރި ކިލެގެފާނުގެ ދަރިކޮޅުން ދައުލަތުގެ އެންމެ މަތީ ވެރިކަން، ސަރުކާރުގެ އެންމެ މަތީ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ބޮޑުވަޒީރު އަދި އަލްމުންތަޚަބް ލިއަރުޝިއް ދައުލަތުލް މަހަލްދީބިއްޔާ ސުމުއްވުލްއަމީރު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. އެކިލެގެފާނު ވިދާޅުވާނީ ކާފާފުޅެވެ.

ސަރުކާރުގެ އިސްވެރިޔާ އަލްއަމީރު ހަސަން ފަރީދުދީދީގެ މުނިކާފާފުޅެވެ. ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ކާފާފުޅެވެ. ޖަލާލަތުލްމަލިކް މުހައްމަދު ފަރީދުލް އައްވަލު ކީރިތި މަހާރަދުންގެ މުނިކާފާފުޅެވެ. ބޮޑުވަޒީރު އަދި ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ހޫރުކާފާފުޅެވެ. ބޮޑުވަޒީރު އޮނަރަބްލް އަހުމަދު ޒަކީގެ ހޫރުކާފާފުޅެވެ.

ސުމުއްވުލްއަމީރު ހަސަން ފާމުލަދޭރި ކިލެގެފާނުގެ އަންހެން ބޭފުޅުންނާއި އެބޭފުޅުންގެ ބޭފުޅުން ގައުމުގެ އެންމެ މަތީ ވެރިން، ސަރުކާރުގެ އެންމެ މަތީ ވެރިންގެ އަނބިއަނބިކަނބަަލުން ކަމުގައި ވެސް ވެވަޑައިގަތެވެ. އެގޮތުން މި ލިސްޓުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅަކީ އައްސުލްތާން އިބްރާހީމް ނޫރުއްދީން (ނޫރައްދީން ބަންޑާރައިން)ގެ އަނބިކަނބަލުން އެއްގަމުގެ މެއްދީދީއެވެ. އައްސުލްތާން މުހައްމަދު ޢިމާދުއްދީން 6ވަނަ (ހާޖީ އިމާދުއްދީން ރަދުން)ގެ އަނބިކަނބަލުން އެއްގަމުގޭ އުންމުކުލްޘޫމް ދީދީ އާއި ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ އަނބިކަނބަލުން އެއްގަމުގެ ދޮންދީދީ ވެސް މިލިސްޓަށް އަރައެވެ.

އައްސުލްތާން ހަސަން ނޫރުއްދީން (2ވަނަ) ރަދުންގެ އަނބިކަނބަލުން އާމިނަތުދީދީ އާއި ރައީސް އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ އަނބިކަނބަލުން އައްނަބީލާ ޒުބޭދާ މުހައްމަދުދީދީ (އަލިރަސްގެފާނު ގަނޑުވަރު ގޮމާ) އާއި ސަރުކާރުގެ އިސްވެރިޔާ އަލްއަމީރު ހަސަން ފަރީދުދީދީގެ އަނބިކަނބަލުން އާމިނަތު މުހައްމަދުދީދީ އާއި ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ އަނބިކަނބަލުން އާމިނަތު މުހައްމަދުދީދީ އާއި ބޮޑުވަޒީރު އަދި ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު, ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ އަނބިކަނބަލުން (ފުރަތަމަ އަނބިކަނބަލުން/ ބޮޑުވަޒީރުކަމާއި ރައީސްކަމުގެ ކުރި) އަންނަބީލާ އާއިޝަތު ޒުބައިރު (ތުއްތު ދޮންގޮމާ) ވެސް މީގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.

ބޮޑުވަޒީރު އޮނަރަބްލް އަހުމަދު ޒަކީގެ އަނބިކަނބަލުން އަންނަބީލާ ފާތިމަތު އިބްރާހީމްދީދީ (ތުއްތުގޮމާ) އަކީ ވެސް މި ލިސްޓުގެ ވަނައެކެވެ.

0%
0%
0%
20%
0%
80%