ކ. މާލެ
|
25 އޯގަސްޓް 2021 | ބުދަ 00:58
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ
ގެޓީ އިމޭޖަސް
އެމްބާޕޭ ގަންނަން މަސައްކަތްކުރުން
އެމްބާޕޭ ގަންނަން ރެއާލުން 160 މިލިޔަން ޔޫރޯގެ ބިޑެއް
 
އެމްބާޕޭގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު
 
އެއްބަސްވުން އާކުރަން އެމްބާޕޭ ބޭނުމެއް ނުވޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ގަންގަން ރެއާލް މެޑްރިޑުން އަގުބޮޑު ބިޑެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން އުމުރުން 22 އަހަރުގެ އެމްބާޕޭ ހޯދުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެމްބާޕޭގެ އުމުރުން 14 އަހަރުގައި އޭނާ ހޯދުމަށް ރެއާލުން ފުރަތަމަ މަސައްކަތް ކުރިއިރު، ދެވަނަ ފަހަރަށް މަސައްކަތްކުރީ އެމްބާޕޭ މޮނާކޯއަށް ކުޅުނު ދުވަސްވަރެވެ. އެކަމަކު 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް 145 މިލިޔަން ޔޫރޯއަށް އެމްބާޕޭ ބަދަލުވީ ޕީއެސްޖީއަށެވެ. އެއީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ޓްރާންސްފާއެވެ.

ރެއާލުން އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އޭނާ މި ވަގުތު ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ރެއާލުން މިހާރު ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެމްބާޕޭ ގަތުމަށް 160 މިލިޔަން ޔޫރޯގެ ބިޑެއް ހުށަހަޅާފައެވެ. އެކަމަކު އެ ބިޑާ މެދު އަމަލުކުރާނެ ގޮތެއް ޕީއެސްޖީން މިހާތަނަށް ނިންމާފައިނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެމްބާޕޭ ގަންނަން ރެއާލުން އަގުބޮޑު ބިޑެއް ހުށަހެޅިއިރު، ޕީއެސްޖީން އަންނަނީ އެމްބާޕޭގެ އެއްބަސްވުން އާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް ތިން ފަހަރެއްގެ މަތިން އެމްބާޕޭގެ އެއްބަސްވުން އާކުރަން އެ ޓީމުން މަސައްކަތް ކޮށްފައިވާއިރު، ރެއާލަށް ބަދަލުވާން ބޭނުންވާތީ ޕީއެސްޖީން ދާދި ފަހުން ހުށަހެޅި ހަ އަހަރުގެ އައު އެއްބަސްވުންވެސް ބަލައިނުގަންނަން އެމްބާޕޭ ނިންމާފައިވާ ރިޕޯޓުކޮށްފައެވެ.

އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ރައީސް ނާސިރު އެލް-ޚެއްލާފީ ވަނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދުގެ ތެރެއިންވެސް ޕީއެސްޖީއަށް އެމްބާޕޭގެ އެއްބަސްވުން އާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މީގެ ކުރިން އެމްބާޕޭ ބޭނުންވީ ހުރިހާ މުބާރާތެއްގައި ވާދަކުރެވޭ ފެންވަރު ޓީމެއް ޕީއެސްޖީގައި އޮތުން ކަމަށާއި، އެހެންކަމުން އެމްބާޕޭ މިހާރު ޕީއެސްޖީ ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެމްބާޕޭ ގަންނަން ރެއާލުން ބިޑުކުރިއިރު، މި ފަހަރުގެ ހޫނު މޫސުމުގައި އެމްބާޕޭ ހޯދުމަށް ރެއާލުން އަލުން މަސައްކަތް ކުރާނެކަމުގެ އިޝާރާތެއް އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މީގެ ކުރިން ވަނީ ދީފައެވެ. އަދި ރެއާލުގެ އިތުރުން ލިވަޕޫލާއި، ޔުވެންޓަސްއިންވެސް އެމްބާޕޭ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދުން 174 މެޗުގައި 133 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޒުވާން އުމުރުގައި އެމްބާޕޭ ވަނީ ފްރާންސާއެކު ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
25%
0%
25%
25%
25%
ކޮމެންޓް