ކ. މާލެ
|
24 އޯގަސްޓް 2021 | އަންގާރަ 15:36
މަޑުއްވަރީއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތުން
މަޑުއްވަރީއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތުން
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުން އިތުރުވަނީ ކީއްވެ؟
 
ބްރެޒިލް މީހުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މިންވަރު އިތުރު
 
މަސްތުގެ ބަލިމަޑުކަމުގައި ޖެހިފައިވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ފަރުވާއެއް ދެވޭކަށް ނެތް
 
ކޮކެއިންގެ އިތުރުން މެތު އެތެރެކުރާ މިންވަރު ވެސް އިތުރު

މަސްތުވާތަކެތީގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެހެންނަމަވެސް މިއީ ބޮޑު މައްސަލައެކޭ ބުނެ ދޫކޮށްލެވޭނެ މައްސަލައެއް ނޫނެވެ. މަސްތުގެ ބަލިމަޑުކަމުގައި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމީ ޔަގީންވާ ކަމެކެވެ. އެކަމުގެ ހެއްކަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ މީހުން އަތުލައިގަންނަ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އައުމެވެ.

މި ފަހުން މީޑިއާތަކުގެ ފަލަ ސުރުޚީން ފެންނަ އެއް ހަބަރަކީ ބްރެޒިލުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައި އަތުލައި ގަންނަ މީހުންގެ ވާހަކަތަކެވެ. ބްރެޒިލަކީ މަސްތުވާތަކެތި އުފައްދާ ގައުމެއް ކަމަށް ތަފާސްހިސާބުތަކުން ނުދެއްކި ނަމަވެސް އެގައުމުގެ މީހުންނަކީ މަސްތުވަތަކެތި ވިއްކުމުގައި އަރާތިބި ބަޔެކޭ ބުނެވިދާނެއެވެ. އާންމުކޮށް މަސްތުވާތަކެތި އުފައްދާ ގައުމުތަކުގެ ތެރޭގައި އެފްރިކާގެ ގައުމުތަކާއި، ސައުތު އެމެރިކާގެ ކޮލަމްބިއާ ހިމެނެއެވެ. އެހެންކަމުން ބްރެޒިލުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެއްޗަކީ ކޮލަމްބިއާގެ ތަކެއްޗޭ ބުނެވިދާނެއެވެ.

މި ފަހުން ބްރެޒިލުން ރާއްޖެ އެތެރެވި މީހުންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އެ މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެއްޗަކީ ކޮކެއިން ކަމަށް ކަސްޓަމްސްއިން ބުނެއެވެ. ކޮކެއިންގެ އިތުރުން މަސްތުވާތަކެތީގެ އެންމެ ނުރައްކާތެރި ބާވަތް ކަމަށް ބުނާ މެތު ރާއްޖޭގައި ވިއްކާ އަދަދު އިތުރުކަމަށް ބެލެވެއެވެ.

މެތަކީ ރާއްޖެއިން އޭގެ ފަރުވާ ލިބެން ނެތް މަސްތުވާތަކެތީގެ ބާވަތެކެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މެތު ބޭނުންކޮށް، އެ ވިއްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ދައްކައެވެ. މިއީ ރާއްޖޭގެ ޒުވާން ޖީލަށް އޮތް ނުރައްކަލެއްކަން ޔަގީނެވެ.

ޒުވާނުންގެ އިތުރުން މަސްތުގެ ބަލިމަޑުކަމުގައި ޖެހިފައިވާ ދުވަސްވީ މީހުންގެ އަދަދު ވެސް އިތުރެވެ. މާލޭގެ މަގުތަކަށް އެކަނި ބަލާލި ކަމުގައިވިޔަސް އެކަން ފާހަގަވާނެއެވެ. އެކި ކަންކަން މައްޗަށް ބިތްޖެހިފައި ތިބޭ މީހުންނާއި ގަސްބުޑުތަކާއި ހޮޅުއަށިތަކުގައި ނިދާފައި ތިބޭ މީހުންގެ އަދަދު އެތައް ތަނަކުން އަންނަނީ އިތުރުވަމުންނެވެ.

މަސްތުގެ ބަލިމަޑުކަމުން އަރައިގަންނަން ބޭނުންވާ މީހުން މި މުޖުތަމައުގައި ގިނަ ނަމަވެސް އެކަމަށް އެންމެ އެކަށޭނެ ފަރުވާއެއް ދެވޭނެ ގޮތެއް ރާއްޖޭގައި ނެތެވެ. ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވި ނަމަވެސް ފަރުވާނުފެށި އެތައް ދުވަހެއް ވާކަމަށް މަސްތުގެ ބަލިމަޑުކަމުގައި ޖެހިފައިވާ ފަރާތްތަކުން ބުނެއެވެ.

މި ބަލިމަޑުކަމުން އަރައިގަތުމަށް ކަމާ ބެހޭ އިދާރާތަކުން އެ މީހުންނާ މަތި ކޮށްފައިވާ ވާޖިބު އެންމެ ފުރިހަމަ ގޮތެއްގައި އަދާ ކުރާކަމަށް ބުނެވޭކަށް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
38%
0%
50%
0%
0%
13%
ކޮމެންޓް