ދިރިއުޅުމަށް ދުނިޔޭގެ އެންމެ ޚަރަދު ބޮޑު ސިޓީއަކީ އެމެރިކާގެ ނިއުޔޯކް ކަމަށް ވެދާނެއެވެ. އެކަމަކު އެ ސިޓީގައިވެސް އަގުހެޔޮ ދިރިއުޅުމެއް އުޅެވިދާނެކަން ޒުވާން އަންހެނަކު ސާބިތުކޮށްދީފިއެވެ.
ނިއުޔޯކްގައި ކޭޓް ހަޝިމޯޓޯ ދިރިއުޅޭތާ މިހާރު ތިން އަހަރު ވެއްޖެއެވެ. އޭނާ އެންމެ ކުރާހިތް ނުވާ ކަމަކީ ފައިސާ ޚަރަދު ކުރުމެވެ. އެހެންވީމާ ޚަރަދުނުކޮށް ފަރުޖެއްސެން އޮތިއްޔާ ބަލަނީ އެގޮތެކެވެ. ގަނެގެން އެއްވެސް ގޮތަކަށް ޓޮއިލެޓް ޕޭޕަރ ބޭނުމެއް ނުކުރެއެވެ. ފައިސާދީގެން އަންނައުނު ދޮވެ އިސްތިރިކުރުމުގެ ޚިދުމަތް ލިބިނުގަނެއެވެ. ފެންވަރަން ވަދެފައި އަމިއްލަޔަށް ދާހެދުން ދޮވެލަނީއެވެ. ޓޮއިލެޓް ޕޭޕަރުން ނަޖިސް ނުފޮހެ ފެނުން ތާހިރުވަނީއެވެ.
ނިއުޔޯކުގައި އުޅުނަސް ކޭޓަކީ ފެޝަނަށް ލޯބިކުރާ މީހަކަށް ނުވެއެވެ. އައު ހެދުމެއް ނުގަންނަތާވެސް 8 އަހަރުވެއްޖެއެވެ. އައު ޖަނގިޔަލެއް ނުގަންނަތާ އަދި އެއަށްވުރެވެސް ގިނަ ދުވަސްވެއްޖެއެވެ. އޭނާ ބުނާގޮތުން އައު ޖަނގިޔަލެއް އެންމެ ފަހުން ގަތީ މީގެ 23 އަހަރުކުރިންނެވެ.
އެޕާޓްމަންޓަށް ބޭނުންވާ ފަރުނީޗަރެއްވެސް އޭނާ ނުގަނެއެވެ. ގޮނޑަށް ގޮސް އުކާލާފައި ހުންނަ ބައު ޔޯގާމެޓުތަކެއް ގެނެސް ބަރިބަރިއަށް ޖަހައިގެން ނިދަނީ އޭގެ މަތީގައެވެ. ގޮނޑިއާއި މޭޒުފަދަ ތަކެތިވެސް ގޮނޑުން ހޮވައިގެން ގެނެސް މަރާމާތުކޮށްގެން ބޭނުން ކުރަނީއެވެ.