ކ. މާލެ
|
19 އޯގަސްޓް 2021 | ބުރާސްފަތި 23:26
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
އިތުރު 553 މީހުން ދެވަނަ ޑޯޒް ޖަހައިފި، ދެ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު 297،556ށް
 
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 359،647ށް އަރާފައި
 
ބުދަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 2764 މީހުން
 
އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިންގެ ދެޑޯޒް ދިނުމަށް މިހާރު ވަނީ ވެކްސިން ކެމްޕެއިނެއް ފަށާފައި

ކޮވިޑް-19ން ދިފާއުވުމަށް ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު 297،556ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބުދަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 553 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 374 މީހުންނާއި އަތޮޅުތަކުން 179 މީހުންނެވެ.

ބުދަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 2764 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 1629 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 1135 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 359،647ށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ވެކްސިން ޖަހާ 6 ސެންޓަރާއި، 3 މޮބައިލް ޓީމެއް މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަތޮޅުތެރޭގައި 176 ވެކްސިން ސެންޓަރު ގާއިމްކުރެވިފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިންގެ ދެޑޯޒް ދިނުމަށް މިހާރު ވަނީ ވެކްސިން ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިންގެ އިތުރުން އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމުގެ ކެމްޕެއިނެއް މިހާރު ވަނީ ފަށާފައެވެ.

މީގެއިތުރުން ވެކްސިންގެ ދެ ޑޯޒް ޖަހާ މީހުންނަށް ގިނަ ލުއިތަކެއް ދޭނެކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް