ކ. މާލެ
|
19 އޯގަސްޓް 2021 | ބުރާސްފަތި 14:56
ފަރަށް އަރާފައިވާ ޕަނަމާގެ ބޯޓު
ފަރަށް އަރާފައިވާ ޕަނަމާގެ ބޯޓު
އެމްއެންޑީއެފް
އާގުބޯޓެއް ފަރަކަށް އެރުން
ރަސްފަރި ހުޅަނގު ފަރާތު ފަރަކަށް އާގުބޯޓެއް އަރައިފި
މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:48 ހާއިރު
އެ ސަރަހައްދުގައި ކޯސްޓް ގާޑުގެ އިތުރުން ކަމާގުޅުންހުރި ފަރާތްތަކުން ހަރަކާތްތެރިވަމުން ދޭ

ކ. ރަސްފަރި ހުޅަނގު ފަރާތު ފަރަކަށް އާގު ބޯޓެއް އަރައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:48 ހާއިރު ކަމަށެވެ. އަދި މިބޯޓަކީ ޕެނަމާއަށް ނިސްބަތްވާ 190 މީޓަރުގެ ކާގޯ ބޯޓެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ކޯސްޓް ގާޑުގެ އިތުރުން ކަމާގުޅުންހުރި ފަރާތްތަކުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. މި ހާދިސާގައި ލިބިފައިވާ ގެއްލުމުގެ މައުލޫމާތު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ކުރިމަތިވަމުން ދާއިރު އެފަދަ ހާދިސާތައް ރިޕޯޓު ކުރުމާއެކު އެ ސަރަހައްދުތަކުގައި ސިފައިންގެ ކޯސްޓް ގާޑުން ހަރަކާތްތެރިވެއެވެ.


Advertisement
- ކޮމެންޓް