Advertisement
ކ. މާލެ
|
18 އޯގަސްޓް 2021 | ބުދަ 08:42
ކަނޑުމަސް ވިއްކުމުގެ ތެރެއިން،
ކަނޑުމަސް ވިއްކުމުގެ ތެރެއިން،
ރާއްޖެއެމްވީ
ކާބަންމޮނޮކްސައިޑުން ޓްރީޓްކޮށްފައިވާ މަސްވިއްކުން
ކާބަން މޮނޮކްސައިޑުން ޓްރީޓްކޮށްފައިވާ މަސް ވިއްކަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރޯ މަހުގެ ތާޒާކަން ގެއްލުނަސް އެކުލަ ބަދަލު ނުވާނެ
މިފަދަ އުފެއްދުން ވިއްކަން ހުރިނަމަ ނުވަތަ ޝައްކުވާނަމަ އެކަން ސަމާލުކަމަށް ގެނައުމަށް އެދިފައިވޭ
ކާބަން މޮނޮކްސައިޑުން ޓްރީޓް ކުރުމަކީ މަހުގެ އަސްލު ކުލަ ފޮރުވި ގަންނަ ފަރާތަށް އޭގެ ތާޒާކަން އޮޅޭނެ ކަމެއް

ކާބަން މޮނޮކްސައިޑުން ޓްރީޓްކޮށްފައިވާ މަސް ވިއްކަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބައެއް ބާވަތްތަކުގައި ރަތް ކުލަ ހިފެހެއްޓުމަށް ކާބަން މޮނޮކްސައިޑުން ޓްރީޓްކޮށްގެން، ލޭބަލްގައި އެ މައުލޫމާތު ނުހިމަނާ ވިއްކަމުން ދާކަން އެއޮތޯރިޓީން ނެގި ސާންޕަލް އިން ވަނީ ކަށަވަރުކުރެވިފައި ކަމަށެވެ.

Advertisement

ކާބަން މޮނޮކްސައިޑުން ޓްރީޓްމަންޓް ދިނުމުން ކަނޑުމަހުގެ ބާވަތްތަކަށް ގެނެސްދޭ ތާޒާ ރަތްކުލައަކީ ރޯ މަހުގެ ތާޒާކަން ގެއްލުނަސް، އެ ކުލަ ބަދަލުނުވާ ކުލައެއްކަން ފާހަގަކޮށް އެމްއެފްޑީއޭއިން ބުނީ ރޯމަހުގެ ކުލައަކީ އޭގެ ތާޒާކަން ބެލުމަށް ބަލާ އެއްމިންގަނޑުކަމުން، ކާބަން މޮނޮކްސައިޑުން ޓްރީޓް ކުރުމަކީ މަހުގެ އަސްލު ކުލަ ފޮރުވި، މަސް ގަންނަ ފަރާތްތަކަށް އޭގެ ތާޒާކަން އޮޅޭނެ ކަމެއް ކަމަށެވެ.

އެހެންކަމުން މަސް ވިއްކާ އަދި ގަންނަ މީހުން މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ އުފެއްދުންތައް ވިއްކަން ހުރިނަމަ ނުވަތަ ޝައްކުވާނަމަ އެ އޮތޯރިޓީގެ ވައިބަރ ނަންބަރު 7603204 އަށް ފޮޓޯއާއެކު މައުލޫމާތު ހިއްސާކޮށްދިނުމަށް އެމްއެފްޑީއޭއިން އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
18 އޯގަސްޓް 2021 | ބުދަ 10:40
ާަާައަރޮލީ
ތިޔަބުނާ ކާބަންމޮނަކޮސަޢިޑު އެގެނީވެސް ތިމީހުނަށް ކޮންތަނަކުން ވިއްކާ އެއްޗެއްކަން ބުނަންވީނޫންތަ؟
18 އޯގަސްޓް 2021 | ބުދަ 10:38
އިއްސެ
މި ހަބަރުން ނޭގެ ވާއެއް ނުވާއެއް. ތިބުނާ މަސް ވިއްކަނީ ރާއްޖޭގައި އުފައްދައިންތޯ ނުވަތަ އެއީ ބޭރުން ރާއްޖެ އެތެރެކޮށްގެން ވިއްކާ މަހެއްތޯ ލިޔުންތެރިޔާ ބަލައިދީ. މި އަދި ނުވޭ ހަބަރަކަށް. މިއަށްވުރެ ތަފްސީލު ވާންވާނެ
18 އޯގަސްޓް 2021 | ބުދަ 09:46
ާއހމދ
ބަލަ އަހަރުމެން ކިހިނެއްތަ ޓެސްޓު ކުރާނީ ތިބުނާ އެެެއްޗެއް މަހުގަ އުނގުޅާފަ ހުރިތޯ؟ ތިބުނަނީި ބަލާފައެއް ނޭންގެއޭ، ޕެކެޓްގަ ޖަހާފެއް ނުހުރެއޭ. ދެން ކަލޭމެން ޓެސްޓުކޮށް ޔަގީން ކުރި މީހުން އެކަންކުރި ބަޔެއްގެ ނަން ހާމަ ކުރީމަ ދޯ އެ ބްރޭންޑު މަސް ނުގަންނަން އެނގނީވެސް!