ކ. މާލެ
|
16 އޯގަސްޓް 2021 | ހޯމަ 17:35
އިޔާސުއްދީން ސްކޫލުގެ ކުރިމަތީގައި ބިދޭސީން މުޒާހަރާ ކުރަމުން ދަނިކޮށް
އިޔާސުއްދީން ސްކޫލުގެ ކުރިމަތީގައި ބިދޭސީން މުޒާހަރާ ކުރަމުން ދަނިކޮށް
ރާއްޖެއެމްވީ
ބިދޭސީންގެ މައްސަލަ
ބިދޭސީންގެ މައްސަލަ - ހައްލު ނުކުރެވުނު ބޮޑު މައްސަލައެއް
 
ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް
 
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އަދިވެސް އިތުރު

ބިދޭސީ މަސައްކަތްތެރީންގެ މައްސަލައިގެ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކައެކެވެ. މިއީން ޒަމާނަކުވެސް ދިވެހީންގެ ހިތަށް ނުގެނެވޭވަރަށް ބިދޭސީ މަސައްކަތްތެރީންވަނީ އިތުރުވެފައެވެ. ޔަގީނުންވެސް މިއީ ކޮންމެވެސް ބަޔެއްގެ އިހުމާލުން ވެފައިވާ ކަމެކެވެ.

ބިދޭސީންގެ ވާހަކަ އާންމުވެފައިވަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލު ކޮށްލަ ކޮށްލާ ތިބެވޭކަށް ނެތެވެ. ކަންމަތީ ފިހާރައިގެ ސޭޓުން ފެށިގެން ގޮސް މަތީ މަގާމުތަކުގައިވެސް ބިދޭސީންނެވެ. ރާއްޖޭގެ ބޯހިމެނުން ދައްކާ ގޮތުން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ.

އެއް ބަޔަކު ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަ ކުރާއިރު، އަނެއްބަޔަކު ސިފަ ކުރަނީ ދިވެހި ޒުވާނުންނަށް ވަޒީފާ ހޯދުމުގައި ދައްޗެއްގެ ގޮތުގައެވެ.

މި ބަހުސް ކުރުމުގެ މާނައެއް ނެތް ކަމަށް ބުނާ މީހުންވެސް ގިނައެވެ. ސަބަބަކީ ބިދޭސީ މަސައްކަތްތެރީންނަކީ ދިވެހީންގެ ގެނައި ބައެއް ކަމުގައި ވުމެވެ.

ފެންނަން އޮތް ހަގީގަތަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ވެސް އިތުރު ކަމެވެ. ގައުމުގެ އިގްތިސާދުން އެތައް މިލިއަން ޑޮލަރެއް ކޮންމެ އަހަރަކުވެސް ބިދޭސީން ބޭރުކުރުމެވެ. އަދި ޑޮލަރުގެ ވަގު ވިޔަފާރީގައިވެސް އެންމެ ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ ބިދޭސީންކަމެވެ.

މީގެ އިތުރުން ބިދޭސީންގެ ސަބަބުން ދިވެހި ސަގާފަތް ނެތި ދާން ފަށައިފިއޭވެސް ބުނެވިދާނެއެވެ. އޭގެ ހެއްކަކީ ދިވެހީންގެ ލޭ ނާރު ކަމަށްވާ މަސްވެރިކަމުން ފެށިގެން ގޮސް ދަނޑުވެރިކަމުގައިވެސް ބިދޭސީން ހަރަކާތްތެރިވާ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމެވެ.

މާރާމާރީގެ މައްސަލަތަކުން ފެށިގެން ގޮސް މަސްރުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ ބިދޭސީންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެއެވެ.

މުޅި މައްސަލައަށް ހައްލެއް ހޯދަން މީގެ ކުރީގެ ސަރުކާރުންތަކުން މި ސަރުކާރުން މަސައްކަތްކުރާ ވަރަށް ކުރި ތަނެއް ނުފެނެއެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން އިކޮނޮމިކް މިނިސްޓްރީން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. މުޅި މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތްވެސް އެބަކުރެއެވެ. މިހެން ބުންޏަސް މިއީ ފަސޭހައިން ހައްލެއް ހޯދޭނެ މައްސަލައެއް ނޫނެވެ. ޒަމާންތަކެއް ވަންދެން ފެއިލްކޮށްލާފައި އޮތް ނިޒާމެއް އަލުން ކޮޅަށް ޖެހޭނީ ލައްކަ މަސައްކަތުންނެވެ. ނަތީޖާ ނެރެވޭނީ އެންމެން އެކަތިގަނޑަކަށް ވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
0%
0%
17%
50%
0%
ކޮމެންޓް
ގުޅުންހުރި
ގާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓު ކޮށްލެވޭ ގޮތަށް ގާނޫނުތައް ތަންފީޒުކުރަންޖެހޭ: އާޒިމް
ގަވާއިދާ ހިލާފަށް އުޅޭ 900ށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވާލެވިފައިވޭ: ޝަމްއާން
ބިދޭސީންގެ މައްސަލަ ފާލުން ނެއްޓުމަކީ އެތައް އަހަރެއްގެ އިހުމާލުގެ ނަތީޖާ، ހަމަމަގަށް އަޅުވަން ކުރަންޖެހޭ މަސައްކަތް ބުރަ
ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަވާއިދާ ހިލާފަށް އުޅޭ 800ށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ފުރުވާލެވިފައި: އިމިގްރޭޝަން
ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލު ގެނެސް އާ އުސޫލެއް ތައާރަފް ކޮށްފި
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހިންގުނު އޮޕަރޭޝަންތަކުގައި 170ށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްލުމަށް ހަވާލުކުރެވިފައިވޭ: ފުލުހުން
ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ: ސައީދު